މާލެ އިން ފެލިދޫ އަށް ދަތުރުކުރި ޑްރީމް ސްޕީޑް2: އެ ލޯންޗުން މޫދަށް ވެއްޓުނު އަންހެނަކު ވަނީ މަރުވެފައި --- ފޮޓޯ: ސަން

ނިޔާވި އަންހެން މީހާގެ ހަށިގަނޑު މާލެ ގެނެސްފި، ކުއްޖާ އަދިވެސް ނުފެނޭ

މާލެ އިން ފުރައިގެން ވ. ފުލިދޫއަށް ދަތުރުކުރި ލޯންޗެއް ދިޔަވެ، ލޯންޗަކުން ކަނޑަށް ވެއްޓި ނިޔާވި އަންހެން މީހާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ. ނަމަވެސް ކަނޑަށް ވެއްޓުނު ކުއްޖާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލު ހަނާ މުހައްމަދު ވިދާޅުވިއެވެ. އެ ލޯންޗުން ދަތުރުކުރި މީހުންނާ އެކު، ލޯންޗު ކ. ގުރައިދޫއަށް ގެންގޮސްފައި ވާއިރު، ނިޔާވި މީހާގެ ހަށިގަނޑު މިއަދު ހެނދުނު 07:30 ހާއިރު ވަނީ މާލެ ގެނެސްފައެވެ. ގުރައީދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ‘ސަން’ އަށް ވިދާޅުވީ, އެ ހާދިސާއާ ގުޅިގެން ފަސް މީހަކު މަރުކަޒަށް ގެނައި ކަމަށެވެ. އޭގެ ތެރެއިން 33 އަހަރުގެ އަންހެނަކު ގެނައި އިރުވެސް ވަނީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދިނެވެ. އެއީ ގެއްލުނު ކުޑަކުއްޖާގެ މަންމައެވެ. މާލެ އިން ފުރައިގެން ވ. ފުލިދޫއަށް ދަތުރުކުރި ޑްރީމް ސްޕީޑް2 ނަމަކަށް ކިޔާ ލޯންޗު, އޮޅުވެލި ރިސޯޓް ކައިރިން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރު 17:06 ހާއިރު ކަމަށް ހަނާ ވިދާޅުވިއެވެ. އެޔާއެކު އިރު އޮއްސި 6:00 ޖަހާކަންހާއިރު، އެމްއެންޑީއެފްގެ ކޯސްޓްގާޑް އެ ސަރަހައްދަށް ދިއުމަށް ހަރަކާތްތެރި ވާން ފެށިކަމަށް ހަނާ ވިދާޅުވިއެވެ. ގެއްލުނު ކުޑަކުއްޖާ ހޯދުމަށް މިހާތަނަށް 10 ސްކޮޔާ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައި ވާއިރު، އެމްއެންޑީއެފް އިން ދަނީ ހުއްޓުމެއް ނެތި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!