އަޑިޔަށް ގޮސްފައިވާ ލޯންޗު

ލޯންޗެއް އަޑިއަށް ގޮސްގެން ސިފައިން ހަރަކާތްތެރިވަނީ

ލޯންޗެއް އަޑިއަށް ގޮސްގެން ސިފައިން ހަރަކާތްތެރިވާން ފަަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ހުޅުމާލެ ފޭސް 2 (ފަރުކޮޅުފުށި ފަޅުތެރެއިން) ލޯންޗެއް އަޑިއަށްގޮސްގެން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ލޯންޗެއް އަޑިއަށް ގޮސްގެން ސިފައިން ހަރަކާތްތެރިވާން ފަަށާފައިވާއިރު މޫސުން ގޯސްވެ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ދަނީ ހިނގަމުންނެވެ.

އެގޮތުން މިއަދު އިރުއޮއްސުނު ވަގުތު ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއްގައި އަންހެނަކު މަރުވެ ކުއްޖަކު ވަނީ ގެއްލިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!