މާލެ މަގުމަތީގައި ބަޔަކު ސައިކަލު ދުއްވަނީ: ބަރުގޮނު އެޅޭނީ ނުރައްކާވެގެން -- އަވަސް ފޮޓޯ

ނުރައްކަލަކުން ސަލާމަތްވާން ނޫނީ ބަރުގޮނު ނޭޅޭނެ: ޓްރާންސްޕޯޓް

އެއްގަމު އުޅަނދު ދުއްވާއިރު ބަރުގޮނު އަޅަންޖެހޭނީ ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވާން އެކަނި ކަމަށް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދަށް އިސްލާހު ގެނެސް އިއުލާނު ކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން މިއަދު އާންމުކުރި ގަވާއިދުގައި، މިސްކިތްތަކާއި، ސުކޫލްތަކާއި ކޮލެޖްތައް ހުންނަ ސަރަހައްދުތަކުގައި ބަރުގޮނު އެޅުމަކީ މަނާ ކަމެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އާންމު ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަކުރެވިފައިވާ އުޅަނދުތައް ފިޔަވައި ދެން ދުއްވާ އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަންވާނީ އެ އުޅަނދު އުފެއްދިއިރު ހަރުކޮށްފައި ހުންނަ ބަރުގޮނު ކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ.

އެފަދަ އުޅަނދުތަކުގައި އެހެން ވައްތަރުތަކުގެ ބަރުގޮނު ހަރުކޮށް ނުވަތަ ބަރުގޮނު މޮޑިފައި ކުރުމަކީ ވެސް މަނާ ކަމެކެވެ. މީގެ އިތުރުން އުޅަނދުގައި އެހެނިހެން ލައިޓް ހަރުކުރުމަކީ ވެސް މަނާކޮށްފަ އެވެ.

މީގެ އިތުރުން ދުއްވަމުންދާއިރު އެއްވެސް ވައްތަރެއްގެ ދުންފަތުގެ އިސްތިއުމާލެއް ކުރުމަކީ ވެސް މަނާކަމެކެވެ. އެގޮތުން ސިނގިރޭޓް، ބިޑި، ވޭޕް އަދި ޝީޝާ ފަދަ އެއްޗެހި ބުއިމަކީ މަނާކަމެކެވެ. އުޅަނދު ދުއްވާ މީހާގެ އިތުރުން އުޅަނދުގައި ދެން ތިބޭ މީހުން ވެސް އެފަދަ އަމަލެއް ހިންގުމަކީ މަނާ ކަމެއް ކަމަށް ގާވާއިދު ބުނެ އެވެ.

މާލެ މަގުމަތި ބާރުބޮޑުވެ، ބަރުގޮނު އެޅުމަކީ އާންމު ކަމެކެވެ. އާންމު އުސޫލުލަތަކާ ހިލާފަށް ބާރު ސްޕީޑްގައި އުޅަނދުތައް ދުއްވުމުގެ ސަބަބުން ވަރަށް ގިނައިން އެކްސިޑެންޓްތައް ވެއެވެ. ފަހަކަށް އައިސް އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގަނީ ސިނަމާލެ ބްރިޖް މަތީގަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!