ފެޑެރޭޝަން އިންޓަނޭޝަނާލޭ ޑި ވޮލީބޯލް (އެފްއައިވީބީ)ގެ ރައީސް އެރީ ޑާ ސިލްވާ ގްރާސާ ފީލިއޯ މިއަދު ރާއްޖެ ވަޑައިގަންނަވާނެ

އެފްއައިވީބީގެ ރައީސް މިއަދު ރާއްޖެ ވަޑައިގަންނަވަނީ

ފެޑެރޭޝަން އިންޓަނޭޝަނާލޭ ޑި ވޮލީބޯލް (އެފްއައިވީބީ)ގެ ރައީސް އެރީ ޑާ ސިލްވާ ގްރާސާ ފީލިއޯ މިއަދު ރާއްޖެ ވަޑައިގަންނަވާނެ އެވެ.

އެރީ ޑާ ސިލްވާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މިއަދު މެންދުރު ފަހު 3:00 ޖަހާއިރު އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ އެރީ ޑާ ސިލްވާ ވަޑައިގަންނަވަނީ ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް ހުރި ފުރުސަތުތައް ބަލައި އެކަމަށް މަގުފަހިކޮށްދިނުމަށެވެ. މީގެ ތެރެއިން ވެސް ބީޗް ވޮލީ ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ރަނޭ ވިދާޅުވި އެވެ.

“އެބޭފުޅުންނަށް ރާއްޖޭގެ ބީޗް ވޮލީ ފެނި އެކަމަށް ވަރަށް ޝައުގުވެރި ވެފައި ތިބީ. މި ދަތުރުގައި ބީޗް ވޮލީ ރާއްޖޭގައި ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ. އެގޮތުން ބީޗް ވޮލީ މުބާރާތެއް ބޭއްވުމުގެ މަޝްވަރާތައް ވެސް އަންނަނީ ކުރެވެމުން.” ރަނޭ ވިދާޅުވި އެވެ.

ވޯލްޑް ޕްރޯ ބީޗް ވޮލީބޯލް އާއި އެފްއައިވީބީ ގުޅިގެން މިއަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރު މަހު ރާއްޖޭގައި ބޮޑު ބީޗްވޮލީ މުބާރާތެއް ބޭއްވުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. އަދި އެރީ ޑާ ސިލްވާގެ މި ދަތުރުގައި ސްޓޭކް ހޯލްޑަރުންނާއި އެކު އެއްބަސްވުން އެކުލަވާލުމަށް ނިންމާފައިވާ ކަމަށް ރަނޭ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް ހުރި ފުރުސަތުތައް އެރީ ޑާ ސިލްވާގެ މި ދަތުރުގައި ބަލާނެކަން ފާހަގަކުރައްވަމުން ރަނޭ ވިދާޅުވީ ރާއްޖޭގައި ހައި ޕާފޯމޭންސް ސެންޓަރެއް އެޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެރީ ޑާ ސިލްވާ ރާއްޖެ ވަޑައިގަންނަވަނީ ހަތަރު ދުވަހުގެ މުއްދަތަކަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!