ހިޔާ ފްލެޓުގައި ސޮއިކުރުން ކުރިއަށް ދަނީ / ފޮޓޯ: ދަ ޕްރެސް

އެކި ސަބަބާ ހުރެ ހިޔާ އެއްބަސްވުމުގައި ސޮއިނުކުރެވޭ ފަރާތްތައް ސޮއިކުރުން މިއަދު

ހިޔާ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން، އެކި ސަބަބުތަކާ ހެދި ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ނާދެވިފައިވާ ފަރާތްތަކަށް މިއަދު އެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފިއެވެ. އެޗްޑީސީން ބުނީ ހިޔާ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން މިދިޔަ ޖުލައި މަހުގެ 14 އާއި މިމަހުގެ 6 އާ ދެމެދު ސޮއިކުރުމަށް ތާވަލުކޮށް، އެކި ސަބަބުތަކާ ހުރެ ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ނާދެވިފައިވާ މީހުން މިއަދު ހެނދުނު 9:30 އާއި މެންދުރުފަހު 1:30 އާ ދެމެދު އައުމަށް އެދޭކަމަށެވެ. އެ ކޯޕަރޭޝަނުން ބުނީ އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލު ކުރެވިފައިވަނީ އެއްބަސްވުން ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތުތައް ފުރިހަމަކޮށް، އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް މައުލޫމާތު ކަށަވަރު ކުރި ފަރާތްތަކަށް ކަމަށެވެ. ނަމަވެސް މައުލޫމާތު ފުރިހަމަނުކުރާ ފަރާތްތަކުން އެ މައުލޫމާތު ހުށަހެޅުމުން، މައުލޫމާތު ކަށަވަރު ކުރުމަށްފަހު އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ. އެގޮތުން އެއްބަސްވުން ތައްޔާރު ކުރުމަށްޓަކައި ހުށަހަޅަންޖެހޭ މައުލޫމާތު ތަކަކީ: އެއާއެކު، ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރަން އަންނަ ފަރާތްތަކުން ވަކި ކަންތައްތަކަށް ސަމާލުކަން ދިނުމަށް އެޗްޑީސީން އެދެއެވެ. އެ ކަންތައްތަކަކީ: އެޗްޑީސިން ބުނީ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުން މިއަދު ހެނދުނު 9:30 އާއި މެންދުރުފަހު 1:30 އާ ދެމެދު، ހުޅުމާލޭގެ ސެންތްރޯ ހޯލުގެ ދެވަނަ ފަންގިފިލާއަށް އައުމަށް އެދޭ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!