މުލިއާގެ

މުލިއާގޭން ބައެއް ތަކެތި ނީލަންކިޔަނީ

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާގޭގައި ހުރި ބައެއް ބާ ތަކެތި ނީލަން ކިޔަން އިއުލާނެއް ކޮށްފި އެވެ.

މުލިއާގެއިން ނެރެފައިވާ އިއުލާނެއްގައި ބުނީ، އެ ގޭގްައި ބޭނުންކޮށްފައިވާ ބައެއް ތެކެތި ނީލަން ކިޔަން ބޭނުންވާ ކަމަށެވެ. އެގޮތުން އެތާހުރި ދުވަސްވެ ބާވެފައިވާ އޭސީ އާއި ދޮންނަ މެޝިން ފަދަ އެއްޗެހީގެ ބައިތައް ނީލަން ކިޔަން ބޭނުންވާ ކަމަށެވެ.

އެގޮތުން ރަންޖެހިކޮށީގައި މިމަހުގެ 20 ވަނަ ދުވަހު ނީލަން ކިޔުން އޮންނާނެ އެވެ. ނީލަން ކިޔަން ހަމަޖެހިފައި ވަނީ އެދުވަހުގެ 9:30 ގައެވެ.

މުލިއާގެއަކީ ރައީސުން ދިރިއުޅުއްވަން ހާއްސަކޮށްފައިވާ ގެކޮޅެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!