އެއާ އަސްތާނާގެ އެއާކްރާފްޓެއް މިއަދު ރާއްޖެ އައުމުން ވީއައިއޭގެ މުވައްޒަފުން ބޯޓު ކައިރީގައި ހަރަކާތްތެރި ވަނީ -- އެމްއޭސީއެލް

އެއާ އަސްތާނާގެ ދަތުރުތައް އަލުން ރާއްޖެއަށް

ކަޒަކިސްތާނުގެ ގައުމީ އެއާލައިން، އެއާ އަސްތާނާގެ ދަތުރުތައް މިއަދު އަލުން ރާއްޖެއަށް ފަށައިފި އެވެ.

އެއާ އަސްތާނާގެ ދަތުރުތައް މިއަހަރުގެ ކުރީކޮޅު މެދުކަނޑާލީ ކޮވިޑްގެ ހާލަތު ގައުމުތަކުގައި ގޯސްވެ ބޯޑަރުތައް ބަންދު ކުރުމާ ގުޅިގެނެވެ.

އެއާ އަސްތާނާ އިން އަލުން ރާއްޖެއަށް ދަތުރުތައް ފެށީ ހަފުތާގެ ހަތަރު ދުވަހު ރާއްޖެއަށް ދަތުރުކުރާ ގޮތަށެވެ. އެގޮތުން ހޯމަ، ބުދަ އަދި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ދަތުރުތައް އޮންނާނެ އެވެ.

މީގެކުރިން އެއާ އަސްތާނާގެ ދަތުރުތައް ރާއްޖެއަށް ކުރަމުން ދިޔައީ ހަފުތާއަކު ތިން ދުވަހު އެވެ. އެ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ތެރޭގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު ކަޒަކިސްތާނަކީ މިވަގުތު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިންނަށް އަންނަ ގައުމުތަކުގެ ތެރެއިން ނުވަވަނައިގައިވާ ގައުމެވެ. މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން ރާއްޖެއަށް 17،714 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!