އާންމުން ދަނޑު ބޭރުގައި އިހުތިޖާޖު ކުރަނީ / ފޮޓޯ: ދަ ޕްރެސް

ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު ވިއްކުން ހުއްޓާލައިގެން އާންމުން އިހުތިޖާޖުކުރަނީ

ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު ވިއްކުން ހުއްޓާލުމާ ގުޅިގެން އާންމުން އިހުތިޖާޖުކުރަން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޓިކެޓު ވިއްކުން ހުއްޓާލާފައި ވަނީ ޓިކެޓު ހުސްވުމާ ގުޅިގެންނެވެ. ގިނަ ބަޔަކު ދެތިން ގަޑިއިރު ޓިކެޓު ގަތުމަށް ގަލޮޅު ދަނޑު ކައިރީގައި ތިބިއިރު ކުއްލިއަކަށް ޓިކެޓު ހުސްވުމާ ގުޅިގެން އަންނަނީ އިހުތިޖާޖުކޮށް އެފްއޭއެމްގެ އިސްވެރިންގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 200 ޓިކެޓު ވިއްކުމަށްފަހު ކައުންޓަރުތައް ވަނީ ބަންދުކޮށްފައެވެ. އަދި ޓިކެޓު ލިބޭނެ ވަގުތެއް އަދި އަލުން ޓިކެޓު ވިއްކަން ފަށާނެކަން ވަގުތެއް ވެސް ބުނެފައިނުވާތީ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން އެފްއޭއެމްގެ ބަހެއް އަދި ނުލިބެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!