މޫލީ މެދުވެރިކޮށް އާ އައިފޯން 13 އަށް ޕްރީއޯޑާ ކުރެވޭނެ -- ފޮޓޯ: އުރީދޫ

މިއަދުން ފެށިގެން އުރީދޫން އައިފޯން 13 އަށް ޕްރީއޯޑާ ކުރެވޭނެ

އެޕަލް ކުންފުނިން މިދިޔަ މަހު ނެރުނު އައިފޯން 13 ސީރީޒްގެ ފޯނުތަކަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު، އުރީދޫން ހުޅުވާލައިފިއެވެ އާ ކުލަތަކާއި އެކު އެންމެ ފަހުން ނެރުނު އައިފޯން 13 ސީރީޒްގެ ފޯނުތައް އެޕަލް އިން ދައްކާލާފައިވަނީ މިދިޔަ މަހުގެ 14 ގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ ވާޗުއަލް އިވެންޓެއްގައެވެ. އަދި 24 ގައި ވަނީ ބާޒާރަށް ނެރެފައެވެ. އާ އޭ15 ބައޮނިކް ޗިޕާއި އެކު 5ޖީ ވެސް ހިމެނޭ އައިފޯން 13 ސީރީޒްގެ ފޯނުތަކުގެ ކެމެރާ އަށް ބަދަލުތަކެއް ގެނެވިފައިވާއިރު، ކޮލިޓީ ރަނގަޅު ވީޑިއޯ ނެގޭނެ ސިނަމެޓިކް މޯޑްވެސް ވަނީ އާ އައިފޯނާ އެކު ތައާރަފް ކޮށްފައެވެ. އެހެން އައިފޯންތަކާ ހިލާފަށް އައިފޯން 13 ގެ އިންޓާނަލް ސްޓޯރޭޖް ފަށަނީ 128 ޖީބީ އިންނެވެ. އަދި ޕްރޯ މޮޑެލްތަކުގައި 1 ޓީބީގެ ސްޓޯރޭޖުގެ އިތުރުން، ޕްރޯމޯޝަން ސުޕާ ރެޓީނާ ޑިސްޕްލޭވެސް ހިމެނެއެވެ. އުރީދޫން ބުނީ މިއަދުން ފެށިގެން އުރީދޫ މޫލީ ވެބްސައިޓް މެދުވެރިކޮށް ޕްރީއޯޑާ ކުރެވޭނެ ކަމަށެވެ. އަދި ގިނަ ކަސްޓަމަރުން މިހާރުވެސް ޕްރީއޯޑާ ކޮށްފައިވާ ކަމަށް އުރީދޫން ބުންޏެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!