ނައިބް ރައީސް ފައިސަލް ނަސީމު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ނައިބުރައީސް ގެއަށް ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ގެއަށް ބަދަލުކޮށްފި އެވެ.

ހާލުކޮޅު ދެރަވެ ނާއިބް ރައީސް، ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ނައިބް ރައީސްގެ ހާލުކޮޅު ރަނގަޅުވުމުން މިހާރު ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ނައިބް ރައީސް ގެއަށް ބަދަލުކުރި ވަގުތެއް މަބްރޫކް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އަވަސް އެނގިފައިވާ ގޮތުގައި އެމަނިކުފާނު ގެއަށް ބަދަލުކުރީ ރޭގެ ވަގުތެއްގަ އެވެ.

ގަދަ ހުމުގެ އާލާސްކަން ފުޅެެއްގައި މިދިޔަ ފެބްރުއަރީ 23 ގައިވެސް ފައިސަލް ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދީފައެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!