ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަރުދަނާ ގައުމިއްޔަތެއް ބިނާކުރުން ކޮންމެހެން ވެސް މުހިންމު: ރައީސް ނަޝީދު

ހަރުދަނާ ގައުމިއްޔަތެއް ބިނާކުރުމަކީ ކޮންމެހެން ވެސް ކުރުން މުހިންމު ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ގައުމީ ދުވަހުގެ މުނާސަބާއާ ގުޅިގެން މިއަދު އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރިހަމަ ސިއްހަތެއްގައި ދެމިތިބުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. ގައުމީ ދުވަސް ބައްދަލު ކުރިއިރު މެލޭރިއާ ވެކްސިނަކަށް ހުއްދަ ލިބުމަކީ ދިވެހިންނަށް ވެސް ލިބުނު އުފާވެރި ހަބަރެއްް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރަނގަޅު ޑިމޮކުރަސީއަކާއި ހަރުދަނާ އިގްތިސާދެއް ބިނާކުރުމަކީ ވެސް ބޭނުންތެރި، މުހިންމު ކަމެއް ކަމަށެވެ. ގައުމީ ދުވަހުގެ ތަހުނިޔާ ޓްވީޓާ މެދުވެރިކޮށް އެމަނިކުފާނު ހިއްސާކުރައްވާފައިވާއިރު އަދިވެސް އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ އެ މަނިކުފާނަށް އަމާޒުކޮށް މޭ މަހުގެ ހަ ވަަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން އިތުރު ފަރުވާ ހޯއްދެވުމުގެ ގޮތުންނެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!