ކޯވިޑް-19 އިން ރައްކާތެރިވުމަށް މާފުށީ ޖަލު ސާފުކުރުމާއި ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ / ފޮޓޯ: ކަރެކްޝަންސް

ޖަލުތަކަށް ޒިޔާރަތްކުރާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުން ލާޒިމް

ޖަލުތަކުގައި ތިބި ގައިދީންނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތަކުންވެސް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކުރި ކަމުގެ ލިއުމެއް މިއަދުން ފެށިގެން ހުށަހަޅަންޖެހޭ ގޮތަށް، ކަރެކްޝަންސް އިން ނިންމައިފިއެވެ. ކަރެކްޝަންސް އިން ނެރުނު އުސޫލުގައި ބުނީ އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުމަށް އަދި އެކަހެރި ބައްދަލުވުމަށް އެދި ފޯމު ހުށަހަޅާއިރު، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ އިތުރުން، ވެކްސިން ފުރިހަމަކުރި ކަން އަންގައިދޭ ލިއުމެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އެ ލިޔުންތައް ހުށަހަޅާ ފަރާތްތަކަކީ ވެކްސިން ފުރިހަމަ ކުރުމަށްފަހު 14 ދުވަސް ފުރިހަމަކުރި ފަރާތްތަކަށް ވާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ޖަލަށް ޒިޔާރަތް ކުރާ ވަގުތު، އުމުރުން 12 އަހަރުންމަތީގެ ފަރާތްތަކުން ވެކްސިން ފުރިހަމަކުރި ކަން އަންގައިދޭ ލިޔުމެއް ގެންދަން ޖެހޭނެ ކަމަށާއި، 12 އަހަރުން ދަށުގެ ކުޑަކުދިން ޒިޔާރަތް ކުރާއިރު، 72 ގަޑިއިރުގެ ތެރޭ ޕީސީއާރު ޓެސްޓެއް ހަދައި، ނެގަޓިވް ނަތީޖާ ގެންނަން ޖެހޭނެއެވެ. ނަމަވެސް އެއް އަހަރުން ދަށުގެ ކުދިން ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ވެއެވެ. މިއީ ގައިދީ އަކީ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތަކަށްވާ ނަމައެވެ. އެހެން ނަމަވެސް، ގައިދީ އަކީ ވެކްސިން ޖަހަން އިންކާރުކުރި ފަރާތަކަށް ވާނަމަ، ނުވަތަ ވެކްސިން ފުރިހަމަކުރި ގައިދީ އަކާ އެކަހެރިކޮށް ބައްދަލު ކުރާނަމަ، ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަކުރި ފަރާތްތަކަށް 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއް ހަދަން ލާޒިމް ވާނެ ކަމަށް އެ އުސޫލުގައި ވެއެވެ. ހަމަ އެހެންމެ، އާއިލީ ބައްދަލުވުމަށް ހުއްދަ ދެވޭނީ، ކުޑަކުދިން ހިމެނޭ ގޮތަށް އެންމެ ގިނަވެގެން ފަސް މެންބަރުންނަށް ކަމަށާއި، ވަކީލު ބައްދަލުވުމަށް ހުއްދަ ދެވޭނީ ތިން ވަކީލުންނަށް ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ. އަދި ގައިދީންނާ ބައްދަލުކުރަން ޖަލުތަކަށް ޒިޔާރަތްކުރާ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވުމަށްވެސް ކަރެކްޝަންސް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!