ޔޫސުފް ރިފްއަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވޯޑު ހަވާލުކުރައްވަނީ /ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް ދާއިރާއިން ގައުމީ އިނާމު ކެޕިޓަލް ޓްރެވަލްގެ ސީއީއޯ ރިފްއަތަށް

ޓޫރިޒަމް ދާއިރާއަށް ހިދުމަތް ކުރުމުގެ ގޮތުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ކެޕިޓަލް ޓްރެވަލްސް އެންޑް ޓުއާސްގެ ސީއީއޯ ޔޫސުފު ރިފްއަތު އަށް ދީފިއެވެ. ޅ. ހިންނަވަރު، ނޫވިލު، ރިފްއަތަށް މި އިނާމު ދެއްވީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. ރިފްއަތަށް ދީފައިވަނީ ޓޫރިޒަމްގެ ދާއިރާއިން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެހެން އެކި އެކި ކަންކަން ހިނގުމާއި ތައާރަފްކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ. ރިފްއަތު ޓްރެވަލް އެޖެންސީގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެނީ 1982 ވަނަ އަހަރުއެވެ. އަދި ރިފްއަތުގެ ކެޕިޓަލް ޓްރެވަލް އެންޑް ޓުވާސް 1990 ވަނަ އަހަރު އަމިއްލަ ކުންފުންޏެއްގެ ގޮތުގައި އުފެއްދިއެވެ. “ކެޕިޓަލް ރިފްއަތު”ގެ ނަމުން ޓޫރިޒަމް ސިނާއަތުގައި މަޝްހޫރުވެފައިވާ ރިފްއަތު ޓްރެވަލް އެޖެންސީގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1982 ވަނަ އަހަރުއެވެ. އޭނާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަން ފެއްޓެވީ ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ކުންފުނި ކަމަށްވާ ޔުނިވާސަލް އިން ދިން ފުރުސަތެއްގަ އެވެ. އެ ކުންފުނިން ޓޫރިޒަމް ދާއިރާ އަށް މީހުން ތަމްރީން ކުރުމަށް ނެގި ދަރިވަރުންގެ ތެރޭގައި ލައްވާލައިގެންނެވެ. ރިފްއަތަކީ ރާއްޖޭގެ އެންމެ ބޮޑު ޓްރެވަލް ޖަމިއްޔާ މަޓާޓޯ އުފެއްދުމުގައި ވެސް ފައުންޑަރެއްގެ ގޮތުގައި ބައިވެރިވަޑައިގަތް ބޭފުޅެކެވެ. އަދި މީގެ ކުރިން ވަނީ މަޓާޓޯގެ ރައީސް ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އުފައްދަވާ އޭނާއަކީ އަޓާގެ ރައީސްއެވެ. 40 އަހަރާއި ގާތަށް ޓޫރިޒަމްގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ރިފްއަތު “ދަ ޕްރެސް” އަށް ވިދާޅުވީ އޭނާގެ އަގު ވަޒަންކޮށް އެވޯޑެއް ދިނީތީ އުފާކުރާ ކަމަށެވެ. އަދި ޓްރެވަލް އެންޑް ޓުވާސް މި ދާއިރާގައި އެންމެ މަގުބޫލް ކުންފުންޏަށްވެފައިވާތީ އާއި މި ދާއިރާއަށް މީހުން ވައްދާ އެ މީހުން ކުންފުނިތައް ހަދާ، ރިސޯޓުތަކުގެ މަގާމުތަކުގައި މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ރިފްއަތު ވަނީ ފާހަގަކުރައްވާފައެވެ. ރިފްއަތު ވަނީ ސަރުކާރާއިއެކު މަސައްކަތް ކުރާނެ ކަމަށާއި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެހީވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ. ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ ދިވެހި ގައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ އެ ކަންކަމުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަގުސަދުގައިދޭ އިނާމެކެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!