ގަލޮޅު ދަނޑުގައި ތިބި ބަންގްލަދޭޝް ސަޕޯޓަރުން ތަކެއް: ޓިކެޓް ނުލިބުމުން ނުރުހުން ފާޅުކުރި

ޓިކެޓް ވިއްކީ ގަވައިދާ އެއްގޮތަށް: އެފްއޭއެމް

ރާއްޖޭގައި މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗުގެ ޓިކެޓް ވިއްކާފައި ވާނީ ގަވައިދާ އެއްގޮތަށް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މުބާރާތުގައި ބޭނުން ކުރާ ގަވައިދަކީ ސާކްގެ ހުރިހާ ގައުމަކުން މަޝްވަރާކޮށް އެއްބަސްވުމަށް ފަހު އެކުލަވާލާފައިވާ ގަވައިދެއް ކަމަށެވެ. އަދި މި މުބާރާތާއި މީގެ ކުރީގެ މުބާރާތްތަކުގެ ގަވައިދާއި އެއްގޮތްވާ ގޮތުގެ މަތީން ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުގައި ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކަން ނިންމާފައި އޮތީ 200 ޓިކެޓް ކަމަށެވެ. އަދި މިހާރު އެހުރިހާ ޓިކެޓެއް ވިކި ހުސްވެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ނުރުހުން ފާޅުކޮށް އިއްޔެ ގިނަ އިރުތަކެއް ވަންދެން ބަންގްލަދޭޝް ސަޕޯޓަރުން ވަނީ ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރު ކައިރީގައި ހަޅުތާލެއް ކޮށްފަ އެވެ. އެމީހުން ހުއްޓުވުމަށް ފުލުހުން ވެސް ވަނީ ހަރަކާތްތެރި ވެފަ އެވެ.

މިހާރުވެސް ބަންގްލަދޭޝް ރައްޔިތުންނަށް 1500 ރުފިޔާ އާއި 2000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ޓިކެޓް ވިއްކުމުގެ ޝަކުވާ އެފްއޭއެމްއަށް ވަނީ ހުށަހެޅިފަ އެވެ. އެހެންކަމުން ދިވެހި ސަޕޯޓަރުންނަށް ވިއްކަން ހަމަޖައްސާފައިވާ ޓިކެޓެއްގައި ބިދޭސީއަކަށް ދަނޑަށް ނުވަދެވޭ ގޮތަށް އެފްއޭއެމުން ނިންމުމާއެކު ބްލެކްގައި ޓިކެޓް ވިއްކުން ހުއްޓިގެން ދާނެ އެވެ.

މީގެ އިތުރުން، ދެ ޓީމުގެ ސަޕޯޓަރުން އެއްވެގެން ތިބެ ސަޕޯޓް ކުރާނަމަ ހަމަނުޖެހުން ތަކެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. މި ގަވައިދާއެކު ދެ ގައުމުގެ ސަޕޯޓަރުން ތިބެން ޖެހޭނީ އެބަޔަކަށް ކަނޑައެޅިފައިވާ ސަރަހައްދުގަ އެވެ.

ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ހޯމް ޓީމު ކުޅޭ މެޗު ތަކުގައި ހޯމް ޓީމުގެ ސަޕޯޓަރުން ދަނޑަށް ވަންނަން ފަހި ފުރުސަތު ތަކެއް ތަނަވަސް ކޮށްދެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!