ފަލަސްތީން އާއިލާތަކުން ޝައިޚް ޖައްރާހްގައި ތިބެން އެދޭ ނަމަ ކުލި ދައްކަން ޖެހޭ

“ފަލަސްތީންގެ ޝެއިޚް ޖައްރާހްގައި ކުއްޔަށް ތިބެވިދާނެ”

ފަލަސްތީންގެ ޝެއިޚް ޖައްރާހް އަވަށުގައި ދިރިއުޅޭ ފަލަސްތީން އާއިލާތައް އެ އަވަށުން ބޭރު ކުރަން އިޒްރޭލުން އޮތީ ނިންމާފަ އެވެ. މިކަމާ ގުޅިގެން ފަލަސްތީން އާއިލާތަކާއި އިޒްރޭލު ޔަހޫދީންނާ ދެމެދު އަރާރުން ބޮޑުވެ މައްސަލަ އޮތީ ކޯޓުގަ އެވެ.

އިޒްރޭލުގެ ސްޕްރީން ކޯޓުން މި މައްސަލާގައި މިހާރު ނިންމަން ހިފާފައި އޮތް ގޮތަކީ ޝެއިޚް ޖައްރާހް އަވަށުގައި ދިއިރުޅޭ އާއިލާތައް އެ އަވަށުގައި ތިބެން އެދޭ ނަމަ ކުލި ދެއްކުމެވެ. އަދި އެ މީހުން މިހާރު ދިރިއުޅޭ ގެދޮރަކީ ޔަހޫދީން ވަޒަންވެރި ކުރަން މަސައްކަތްކުރާ ޖަމިއްޔާ، ނަޙްލަތު ޝިމޫންއިން ކުއްޔަށް ހިފާފައި ހުރި ގެދޮރު ކަމަށް ހެދުމެވެ.

ސްޕްރީމް ކޯޓްގެ ބުނުމުގައި އިޚްތިޔާރީ އިހްސާސެއް އޮތް ނަމަވެސް ޝެއިޚް ޖައްރާހް އަވަށުގައި ދިރިއުޅޭ އާއިލާތަކަށް އެހެން ގޮތެއް ނެތެވެ. ސްޕްރީމް ކޯޓުން ބުނެފައި އޮތީ 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ތިބެވިދާނެ ކަމަށާއި އެއަށް ފަހު އެހެން ގޮތެއް ހޯދަންޖެހޭ ކަމަށެވެ.

ފަލަަސްތީން އާއިލާތަކުން ދައްކަން ޖެހޭ ކުއްޔަކީ، ކޮންމެ އާއިލާއަކުން އަހަރަކު 750 ޑޮލަރެވެ. މި ފައިސާ ޖަމާ ކުރަން ޖެހެނީ ޔަހޫދީން ވަޒަންވެރި ކުރުވާ ޖަމިއްޔާ، ނަޙްލަތު ޝިމޫން އެކައުންޓަށެވެ. އަދި ކުރިއަށް އޮންނަ އަހަރަށް އެޑްވާންސަށް ފައިސާ ދައްޖަން ޖެހެ އެވެ. ބަޔާނުގައި ބުނާ ގޮތުން ޖެނުއަރީ 1، 2020 އިން ފެށިގެން ކުލި ހިނގާނެ އެވެ.

ސްޕްރީމް ކޯޓުގެ ބަޔާނުގައި ބުނާ ގޮތުން ކުއްޔަށް ތިބޭ މުއްދަތުގައި އިޒްރޭލުން އާއިލާތަކަށް ހިމާޔަތް ދޭން ޖެހެ އެވެ. އަދި އެ މުއްދަތުގައި ގެދޮރު ޒީނަތްތެރި ކުރުމާއި ދަވާދާއި ކުލަލުން ފަދަ އެތޭރޭގެ ޑިޒައިނަށް އެ އާއިލާއަކަށް ކަމުދާ ބަދަލެއް ގެނައުން މައްސަލައަކަށް ނުވާނެ އެވެ.

ސްޕްރީމް ކޯޓުގެ ބަޔާނުގައި އަދި ބުނަނީ ނޮވެމްބަރު ދޭއްގެ ކުރިން ވަކި ގޮތެއް އިޚްތިޔާރުކޮށް ނިންމަން ޖެހޭ ކަމަށެވެ. އެނޫން ގޮތެއްގައި އެ މުއްދަތަށް ފަހު ސްޕްރީމް ކޯޓުން އެހެން އަމުރެއް ނެރޭނެ އެެވެ. މިކަމާ ބެހޭ ގޮތުން ފަލަސްތީނުން އަދި ވާހަކައެއް ނުދައްކަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!