އަޑިއަށްދާ "އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ" ބޯޓު/ ފޮޓޯ: އެމްއެންޑީއެފް

ރާއްޖެ އައި ބޭރުގެ ބޯޓެއް އަޑިއަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި

ރާއްޖެ އައި ބޯޓެއް އަޑިއަށް ދާތީ ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ އޮކްޓޯބަރު 2 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރުކުރި “އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ” ބޯޓް، ޅ.އަތޮޅުގެ އިރުން 130 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން ދަނީ ހަރަކާތްތެރި ވަމުން ކަމަށެވެ. މި ބޯޓަކީ މޭވާއާއި ތަރުކާރީ ހިފައިގެން މާލެ އަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ކަމަށާއި މި ބޯޓުގައި 9 ފަޅުވެރިއަކު ތިބި ކަމަށް އެމްްއެންޑީއެފުން ވަނީ ބުނެފައެވެ. މީގެ އިތުރުން އެމްއެންޑީއެފުގެ ކޯސްޓުގާޑު ޝަހީދު އަލީ މިހާރު އެ ދިމާއަށް ދަތުރުކުރަމުން ދާ ކަމަށާއި މިއަދު ހެނދުނުގެ ވަގުތެއްގައި އެ ހިސާބަށް ފޯރާނެ ކަމަށް އެމްއެންޑީއެފުން ވަނީ ލަފާކޮށްފައެވެ. އެމްއެންޑީއެފުން އިތުރަށް ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ އިއްޔެ ހަވީރު 16:57 ހާއިރު ކަމަށެވެ. އިއްޔެވެސް ވަނީ ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުން ދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް، ޅ. އަލިގާގެ ހުޅަނގުން ހަތަރު މޭލު ބޭރުން އަޑިއަށް ގޮސްފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!