ވެލާނާގޭގައި ހުންނަ އޮފީހަކުން މީހަކު ނުކުންނަ އިރު އެހެން މީހަކު ވެލާނާގެ އިމާރާތަށް ވަންނަނީ ---

ރާއްޖޭގައި ދިވެއްސަކަށް ދެވޭނެ އެންމެ ދަށް މުސާރައަކީ 5700 ރުފިޔާ

ރާއްޖޭގައި ދިވެއްސަކަށް ދެވޭނެ އެންމެ ދަށް މުސާރައަކީ މަހަކު 5،700 ރުފިޔާ ކަމަށް މިނިމަމް ވޭޖް ބޯޑުން ކަނޑައަޅައިފިއެވެ. އެ ބޯޑުން ރޭ ނިންމި ނިންމުމުގައި ބުނެފައިވާ ގޮތުގައި، ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް ދުވާލަކު 6 ގަޑިއިރުގެ މަސައްކަތަށް މަހަކު 7000 ރުފިޔާއެވެ. ކުދި ވިޔަފާރިތަކުން، ދުވާލަކު 8 ގަޑިއިރުގެ މަސައްކަތަށް މަހަކު ދޭން ޖެހޭ އެންމެ ކުޑަ މުސާރަ އަކީ 5،700 ރުފިޔާއެވެ. މެދު ފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ ކުޑަވެގެން ދެވޭނެ އަދަދަކީ 8،000 ރުފިޔާ ކަމަށާއި ބޮޑެތި ވިޔަފާރިތަކުން ދެވޭ އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި ކަނޑައެޅީ މަހަކު 10،200 ރުފިޔާއެވެ. މި މުސާރަތަކަކީ ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރާ ގޮތަށް ކަނޑައަޅާފައި ވާ މުސާރައެވެ. ކުދި އަދި މެދު ފަންތި އާއި ބޮޑެތި ވިޔަފާރިތަކަށް މިނިމަމް ވޭޖް ކަނޑައެޅި އިރު އެންމެ ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއް ކަނޑައަޅާފައެއް ނުވެއެވެ. ހަމައެއާއެކު ބިދޭސީންނަށް ދެވޭނެ އެންމެ ދަށް މުސާރަ އަދި ކަނޑައެއް ނާޅައެވެ. މިނިމަމް ވޭޖް ބޯޑުން ރޭ ކަނޑައެޅި އެންމެ ދަށް މުސާރައިގެ އަދަދުތައް މިހާރު ވަނީ އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައެވެ. މިނިމަމް ވޭޖް ބޯޑުން މި އަދަދުތައް ކަނޑައެޅީ ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމެވެ. އަދި އެގޮތަށް އަމަލު ކުރަން ފަށާނީ އިކޮނޮމިކް މިނިސްޓަރު މި ލަފާ ފާސްކުރާ ހިސާބުންނެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!