ދިވެހި ދައުލަތުން ދޭ އެކިއެކި އިނާމުތައް ދިނުމަށާއި އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މާލޭގައި މިދިޔަ އަހަރު ބޭއްވި ޖަލްސާގެ ތެރެއިން / ފައިލް ފޮޓޯ: ރައީސް އޮފީސް

އެއްވަނަ ދަރަޖައިގައި ފާސްވި 11 ހާފިޒަކަށް ހާއްސަ މެޑަލް

ކިރިތި ޤުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި 11 ހާފިޒަކަށް ރައީސް ދެއްވާ ހާއްސަ މެޑަލް، ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި ދޭނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. މީގެ އިތުރުން، ރައީސް އޮފީހުން ބުނީ އިނާމަށް އެދި ހުށަހަޅާފައިވާ ނަންތައް ގައުމީ އިނާމާ ބެހޭ ކޮމިޓީން ބަލާ ނިންމުމަށް ފަހު، ޖުމްލަ 29 ފަރާތަކަށް އިނާމު ދިނުމަށް ވަނީ ނިންމާފައި ކަމަށެވެ. އެގޮތުން: މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މިފަހަރު 11 ފަރާތަކަށް ދޭއިރު، އޭގެ ތެރޭގައި ހިމެނެނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދު ހާސިލުކުރުުމުގައި ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ހަ ފަރާތަކާއި، މަތީ ތައުލީމުގެ ކޯސްތަކުން އެންމެ މަތީ ވަނަ ހޯދި ހަތަރު ފަރާތެއްގެ އިތުރުން، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި އާ އުފެއްދުމެއް އުފައްދައިގެން ކާމިޔާބު ހޯދާފައިވާ ފަރާތަކަށެވެ. ރައީސް އޮފީހުން ބުނީ މި ހުރިހާ ފަރާތަކަށްވެސް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 8:45 ގައި، ޖުމްހޫރީ މައިދާނުގައި ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ. މިއަހަރުގެ ގައުމީ ދުވަހަކީ މި މަހުގެ ހަތްވަނަ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު ގައުމީ ދުވަސް ފާހަގަ ކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން، ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އައްސުލްތާން މުހައްމަދު ތަކުރުފާނާއި އުތީމު ތިން ބެއިން ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!