މިސްކިތުގެ ތެރެއަށް ކުޑަކަމުދިޔަ މީހާ. އޭނާގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހައިފައި--

ކުޑަކަމުދިޔަ މީހާގެ ބަންދަށް ހަތް ދުވަސް

އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް މިދިޔަ އާދިއްތަ ދުވަހު ކުޑަކަމު ދިޔަ މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އެ މައްސަލައިގައި އުމުރުން 40 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ އިރު އޭނާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތު ޖަހައިފައިވާ ކަަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި އެވެ.

މީގެ ކުރިން ފުލުހުން ބުނީ ކުޑަކަމުދިޔަ މީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކުޑަކަމުގޮސްފައިވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއް ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ކުރިން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ތެރެއަށް ވަދެ އިމާމާ ކުރިމައްޗަށްވާ ހެން ކުޑަކަމު ގޮސްފައިވަނީ މަޣުރިބު ނަމާދަށް ތިއްބާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!