މަސީގެ ކުރީގެ ރައީސް އަބްދުﷲ މުހައްމަދު އަދި މިހާރުގެ ރައީސް މުހައްމަދު އަލީ ޖަނާހު އެ ޖަމިއްޔާގެ އިވެންޓެއްގައި: އަހަރީ އާއްމު ޖަލްސާ އޮންނާނީ މިމަހު -- ފޮޓޯ: އަވަސް

ގައުމީ ކޮންޓްރަކްޝަން ޖަމިއްޔާ އެމްއެންއޭސީއައިގެ އަހަރީ ޖަލްސާ މިމަހު

ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޖަމިއްޔާ އަދި ގައުމީ ކޮންޓްރަކްޝަން ޖަމިއްޔާގެ ގޮތުގައި ހަރަކާތްތެރިވާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ އަހަރީ ޖަލްސާ މި މަހު ބާއްވަން ނިންމައިފި އެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު ހަވީރު 4:00 ގައި މާގިރި ހޮޓެލްގަ އެވެ. މި ޖަލްސާއަކީ ޖަމިއްޔާގެ 18 ވަނަ އަހަރީ ޖަލްސާ އެވެ.

އެމްއެންއޭސީއައި އިން މިހާރު ވަނީ އެ ޖަމިއްޔާގެ ހުރިހާ މެމްބަރުންނަށް ޖަލްސާ އަށް ދައުވަތު ދީފަ އެވެ.

މި ޖަލްސާގައި އެމްއެންއޭސީއައިގެ އާ ހިންގާ ކޮމިޓީ އިންތިހާބު ކުރުން އޮންނާނެ އެވެ.

ހިންގާ ކޮމިޓީ އަށް އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ:

މި މަގާމުތަކަށް ކުރިމަތިލެވޭނީ އެ ޖަމިއްޔާގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރުންނަށެވެ. މަގާމު ތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ކުރީގެ މަސީ އަދި މިހާރު ގައުމީ ނޭޝަނަލް ކޮންޓްރަކްޝަން ޖަމިއްޔާގެ ލަގަބު ލިބިފައިވާ، އެމްއެންއޭސީއައި އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުނިތަކާއި ފަރާތްތައް ތަމްސީލުކޮށްދޭ ޖަމިއްޔާ އެވެ.

އެމްއެންއޭސީއައި އިން ގެންދަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއެރުވުމަށާއި ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އިންޑަސްޓްރީ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!