ފޭސްބުކް ރަމްޒު ކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފޮޓޯ: ކެމްބަރާ ޓައިމްސް

ގިނަ ސޯޝަލް މިޑިއާ އެޕްލިކޭޝަންތަކެއް ޑައުން ވެއްޖެ

ފޭސްބުކް ހިމެނޭ ގޮތަށް ސޯޝަލް މިޑިއާގައި އާންމުކޮށް ބޭނުން ކޮށް އުޅޭ އެޕްލިކޭޝަންތަކެއް ޑައުން ވެއްޖެއެވެ. ޑައުންވެފައިވާ އެޕްލިކޭޝަންތަކުގެ ތެރޭގައި ފޭސްބުކްއާއި، އިންސްޓާގްރާމް އަދި ވަޓްސްއެޕް ހިމެނެއެވެ. މިއީ މުޅިން ވެސް ފޭސްބުކުން ހިންގާ އެޕްތަކެވެ. މި އެޕްތައް ޑައުންވީ ރާއްޖޭގެ ގަޑިން މިރޭ 9 ޖަހާކަށް ހާއިރެވެ. މަސައްކަތުގެ މަހާއުލުތަކަށް ހާއްސަ ފޭސްބުކްގެ އެހެން އެޕްލިކޭޝަނެއް ކަމަށްވާ “ވޯކްޕްލޭސް” ވެސް ވަނީ ޑައުންވެފައެވެ. ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެޕްތަކަށް ވަނުމުން ބައެއް މީހުނަށް ފެންނަނީ “އެރާއެއް” އަރައިފައި އިން ތަނެވެ. އަދި ބައެއް އެޕްތައް ވަރަށް ގިނައިރުން ލޯޑު ވެސް ވެއެވެ. އެކަމަކު ލޯޑު ވިޔަސް، އެއްވެސް އާ ކޮންޓެންޓެއް ނުފެނެ އެވެ. ހަމައެއާއެކު ބައެއް އެޕެލިކޭޝަން ތައް އިންޓަނެޓަށް ގުޅިފައި ނުވާ ކަމަށް ވެސް އަރާފައިވާ ލިޔުންކޮޅެއް ލިބޭ ކަަމަށް ބައެއް މީހުން ބުނެއެވެ. މި އެޕްތައް ޑައުންވާން ދިމާވި ސަބަބެއް އަދި ޔަގީނެއް ނުވެއެވެ. ފޭސްބުކުން ވެސް އަދި މިކަމާ ގުޅިގެން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!