މާލޭގައި ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ ސަރަހައްދު: އިންޖީނުތަކުގެ މައްސަލަ ހައްލު ކުރަން ދުންހޮޅިތައް އުސްކުރަން އަންގަން މަޖިލީހުން މިއަދު ފާސްކުރި

ސްޓެލްކޯގެ ދުންހޮޅިތައް އުސްކުރަން އަންގަން ފާސްކޮށްފި

ސްޓެލްކޯ އިންޖީނުތަކުގެ ސަބަބުން އެ ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ދުންހޮޅިތައް އުސް ކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.

އިންޖީނުތަކުގެ ސަަބަބުން މައި އިންޖީނުގެއާ ކައިރީގައި އުޅޭ މީހުނަށް ދިމާވާ ދަތީގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމެވެ. އަދި އެ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯން އެންޓްޕްރައިސްއާއި އެންވަޔަރަންމަންޓް ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީން ބެލުމަށް ފަހު އެކުލަވާލި ރިޕޯޓްގައި ހަތް ކަމެއް ކުރަން އަންގަން ހުށަހަޅާފައި ވެއެވެ.

އެ ރިޕޯޓް ފާސްކުރަން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް 35 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ޖެނެރޭޓަރުތައް ހުންނަ ސަރަހައްދުގައި އުޅޭ މީހުން ބުނެފައިވާ ގޮތުގައި ޖަނަރޭޓަރުތަކުގެ އަޑާއި ދުމާއި ވަހާއި ވައިބްރޭޝަންގެ ސަބަބުން ސިއްހީ، ނަފްސާނީ، އަދި ޖިސްމާނީ އެތައް ގެއްލުންތަކެއް އެ މީހުންގެ އާއިލާތަކަށް ދަނީ ލިބެމުން ނެވެ. އަދި މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅާލައި ހިދުމަތް ދޭން ފެށި ފަހުން ވެސް މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގެ ކައިރީގައި ބަހައްޓާފައިވާ ބައެއް ޖަނަރޭޓަރުތައް ޖައްސާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!