ކޮވިޑްގައި މަރުވި މީހެއްގެ ޖަނާޒާ ކުރިއަށް ގެންދަނީ

ކޮވިޑްގައި 54 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ މެންދަމު 2:40 ގައި މަރުވެފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ރާއްޖޭގެ ކޮވިޑްގެ 232 ވަނަ މަރެވެ.

ކޮވިޑް ޖެހިގެން މިދިޔަ މަހު ފަސް މީހަކު މަރުވިއެވެ. މީގެ އިތުރުން ދިވެހިންގެ ބޮޑު އާބާދީއެއް އޮތް އަވައްޓެރި ސްރީލަންކާގައިވެސް ކޮވިޑް ޖެހިގެން ދިވެއްސަކު މިދިޔަ މަހު މަރުވިއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!