އިސްލާމީ މަރުކަޒު. މިސްކިތްތަކުގައި ކެމެރާ ހަރުކުރަން އިސްލާމިކް މިނިސްޓްރީ ވަނީ ނިންމައިފައި---

މިސްކިތްތަކުގައި ކެމެރާ ހަރުކުރަނީ

މިސްކިތްތަކުގައި ކެމެރާ ހަރު ކުރުމަށް މަސައްކަތް ކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން އެފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މާފަންނު އިތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެެވެ.

އިމްރާން މިއަދު މަޖިލީހަށް ހާޒިރު ކުރުމުން ފުރުސަތު ހޯއްދަވައި އިމްތިޔާޒް އެއްސެވީ ބޮން ގޮއްވާނެ ކަމުގެ އިންޒާރު ނޫރު މިސްކިތުގައި ތަނބެއްގައި ލިޔުނު މައްސަލަ ބަލަމުންދޭތޯ އެވެ. އިމްރާން ވިދާޅުވީ މިސްކިތްތަކުގައި ހިނގާ ކަންތައްތައް ބަލައި އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާ ކޮށް ހައްލުތަކެއް ލިބޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ހާލަތު މިވަގުތު އޮތް ގޮތުން މިސްކިތްތަކުގައި ކެމެރާ ހަރު ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

“މިސްކިތްތަކުގެ ސަލާމަތްތެރިކަމާއި އެތެރޭގެ ހިނގާ ހުރިހާ ކަންކަމާއި އަދި އެތަނުގެ ތެރެއިން ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ހިނގާތޯ ބެލުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއް މިހާރު ވަނީ އަޅުގަނޑުމެން ގަބޫލުކޮށް އެކަމަށް މަޝްވަރާކޮށް ހަމަ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށް ވާތީ އެކަމުގެ އިންތިޒާމްތަކަށް ދަނީ މަޝްވަރާ ކުރަމުން.” އިމްރާން ވިދާޅުވި އެވެ.

މިސްކިތްތަކުގައި ކެމެރާ ހަރުކުރުމަށް ނިންމިއިރު މިސްކިތްތަކުގެ ހުރުމަތް ކަނޑާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.
އެގޮތުން މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ މައްސަލަ އިތުރުވެފައިވާ އިރު އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތުގެ ތެރެއަށް ކުޑަކަމުދިއުމުގެ މައްސަލައެއް ރޭ ވަނީ ފެންމަތިވެފަ އެެވެ.

މާލޭގެ މިސްކިތްތަކުގައި ކެމެރަ ހަރުކުރަން މާލޭގެ ސިޓީ ކައުންސިލްއިން ވެސް މިއަހަރު ވަނީ ނިންމައިފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!