ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ: ފުލުހުން

ކުދިންގެ ގާނޫނަށް އަހުލުވެރިކުރާ ޕްރޮގްރާމް ފަށައިފި

ފުލުހުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމް ސައުތު ޕޮލިސްގައި ފަށައިފިއެވެ. ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ ތިނަކުން ހަތަކަށް އައްޑޫގައި އީކުއޭޓާ ވިލެޖް ރިސޯޓުގަ އެވެ. އެއީ ސައުތު ޕޮލިސް ޑިވިޒަންގެ 78 މުވައްޒަފުން ބައިވެރިވުމާއި އެކުގަ އެވެ.

މި ޕްރޮގްރާމަކީ ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ޔުނިސެފް މޯލްޑިވްސްއާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް އަދި އާކް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްތަކެކެވެ.

ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ޖީނާއި އިޖުރާތުގެ ގާނޫނާ ގުޅޭގޮތުން ޕްރޮގްރާމްގެ ތެރޭގައި ފުލުހުންނަށް މައުލޫމާތު ދޭނެއެވެ. އަދި އަނިޔާ ލިބޭ ކުދިން ހިމެނޭ މައްސަލަތަކާއި ކުށްކުރާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ކުށުގެ ވެށީގައި މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި ވިސްނަންޖެހޭ ކަންތައްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދޭނެ އެވެ.

އޭގެ އިތުރުން، ކުޑަކުދިންނާއި ގުޅޭ އިދާރާތަކާއި އެކުގައި މަސައްކަތްކުރާ ފަރާތްތަކާއެކު މަސައްކަތްކުރާނެ ގޮތްތަކާއި އެގޮތަށް މަސައްކަތް ކުރުމުގެ ތެރޭގައި ދިމާވާ ދަތިތަކާއި އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނެ ގޮތް ވެސް ކިޔާދޭނެ އެވެ.

ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމަކީ ކުޑަކުދިންނާއި އާއިލާތަކާއެކުގައި މަސައްކަތްކުރާ ފުލުހުންނަކީ މި ދާއިރާއަށް ހޭލުންތެރި ފުލުހުން ކަމުގައި ވުމާއެކު މި ދާއިރާއާ ގުޅުންހުރި ގާނޫނު ތަކާއި ގަވާއިދުތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށާއި ފުލުހުންގެ މަސައްކަތުގައި ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!