ލިވަޕޫލް އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން. މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެން

ލިވަޕޫލާއި ސިޓީގެ މެޗް އެއްވަރު

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު އެއްވަރު ވެއްޖެ އެވެ.

ލިވަޕޫލްގެ ދަނޑުގައި ސިޓީ އާއި ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ގޯލެއް ފެނިފައި ނުވާއިރު، މެޗުގެ ހަތަރު ގޯލު ވެސް ފެނުނީ ދެވަނަ ހާފުގަ އެވެ. ގޯލުޖަހައި މެޗުގައި ފުރަތަމަ ލީޑު ނެގީ ލިވަޕޫލް އިންނެވެ. ސާޑިއޯ މާނޭގެ މި ގޯލަކީ މުހައްމަދު ސަލާހް ދިން ޕާހަކުން އޭނާ ކާމިޔާބު ކުރި ގޯލެކެވެ. އޭގެ 10 މިނެޓު ފަހުން ގެބްރިއަލް ޖީސޫސް ދިން ޕާހަކުން ގޯލު ޖަހައި ފިލް ފޯޑެން ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

އޭގެ އިރުކޮޅެއް ފަހުން ލިވަޕޫލުން އަނެއްކާ ވެސް ލީޑު ނެގި އެވެ. އޭރިއާގެ ކަނާއަތު ފަޅިން ވަދެ ގޯލުގެ ހަނި އަރިއަށް ބޯޅަ ފޮނުވާލައިގެން ސަލާހް ގޯލެއް ޖަހައި ލިވަޕޫލްއަށް ލީޑު ނަގައިދިނެވެ. ސިޓީގެ ފަހު ގޯލަކީ އޭރިއާ ބޭރުން ކެވިން ޑި ބްރައިން ކާމިޔާބު ކޮށްދިން ގޯލެކެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް ތާވަލުގެ ދެވަނައިގައި އޮތީ 15 ޕޮއިންޓް ލިބިގެންނެވެ. ސިޓީއަށް ތިން ވަނަ ލިބެނީ 14 ޕޮއިންޓާއި އެކުގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާގެ މައްޗަށް ޓޮޓެންހަމުން ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ. ކްރިސްޓަލް ޕެލެސް އާއި ލެސްޓާސިޓީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރު ވިއިރު، ވެސްޓްހަމް އަތުން ބްރެންޓްފޯޑް މޮޅުވީ 2-1 އިންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!