ކޮވިޑް ވެކްސިން ޖެހުމުގެ ތެރެއިން / ފައިލް ފޮޓޯ: ދަ ޕްރެސް

340،730 މީހުން، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފި

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 340،730 އަށް އަރައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު އިއްޔެގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 392،490 މީހުންނެވެ. އޭގެތެރެއިން 340،730 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެ މާލެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ، 655 މީހުންނެވެ. އެއީ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި 99 މީހަކާއި ދެވަނަ ޑޯޒް ޖެހި 556 މީހެކެވެ. ހަމައެއާއެކު އިއްޔެ އަތޮޅުތެރެއިން ވެކްސިން ޖަހާފައި ވަނީ ޖުމްލަ 693 މީހުންނެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 65 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 628 މީހެކެވެ. ކޮވިޑް އަސް މިހާރު ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖަހާފައިވާތީ، އެކަމާ ގުޅިގެން ރަށްރަށަށް ދަތުރު ކުރުމުގައި ލުއިތަކެއް އަންނަނީ ދެމުންނެވެ. ނަމަވެސް މިހާރު އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 6 މަސް ވެފައިވާ މީހުންގެ ތެރެއިން ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުން ބޫސްޓާއެއް ޖަހަން ނަން ނޯޓު ކުރުމަށް އަންގާފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!