ހިޔާ ފްލެޓްތަކުގެ ތިރީގައި ވެހިކަލާއި އެކި ކަހަލަ މުދާ ބަހައްޓާފައި -- ފޮޓޯ: އަވަސް

ހިޔާ ފްލެޓްތަކުގައި އުފެދޭ ކުނި ނެގުމަށް ވަގުތީ ހައްލެއް

ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ކުނީގެ މައްސަލަ ބޮޑުވެ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އެ މައްސަލައަށް ވަގުތީ ހައްލެއް ގެނެސްފި އެވެ.

ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުން ގެންދާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ހިޔާ ފްލެޓްތައް ހިމެނޭ ހަ ސަރަހައްދެއްގައި 30 ޑަސްބިން ބަހައްޓާފަ އެވެ.

އެޗްޑީސީން ބުނީ އެއީ ހިޔާ ފްލެޓްތަކުގައި އުފެދޭ ކުނި، ވެމްކޯ އަށް އުކާލެވޭނެ އިންތިޒާމެއް ހަމަޖެހެންދެން ގެނެސްފައިވާ ވަގުތީ ހައްލެއް ކަމަށެވެ.

ހިޔާ ފްލެޓް ސަރަހައްދުން ކުނި ނެގުމަށް ހަމަޖައްސާފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށެވެ.

ކުނި ނެގުމަށް ހަމަޖައްސާފައިވާ ވަގުތުގެ ކުރިން ފްލެޓް ތަކުން ޑަސްބިންތަކަށް ކުނި އެޅުމަށް ވެސް އެޗްޑީސީން ވަނީ އެދިފަ އެވެ.

ހިޔާ ފްލެޓުތައް ހިމެނޭ އެއްވެސް ސަރަހައްދެއްގައި ކުނި ނުބެހެއްޓުމަށް ވެސް އެޗްޑީސީން ފްލެޓް ތަކުގައި ދިރިއުޅޭ މީހުންނަށް އިލްތިމާސްކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރި 7،000 ފްލެޓްގެ ތެރެއިން 6،720 ފްލެޓް އާންމުންނަށް ދިނުމަށް ނިންމާފައިވެ އެވެ. ގިނަ ފްލެޓްތައް އާންމުންނަށް ހަވާލުކޮށްފައިވާއިރު 100އާ ގާތްކުރާ އާއިލާ އެއް މިހާރު ދަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންނެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!