މިރޭ ކުރުނބާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ

އޮކްޓޯބަރު 3 އަކީ ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ގޮތުގައި ކަނޑައަޅައިފި

ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހަކީ އޮކްޓޯބަރު 3 ވަނަ ދުވަސް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ. ރައީސް މިގޮތަސް ނިންމަވާ އެކަން އިއުލާން ކުރެއްވީ މިރޭ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބިލްގެ ތީމް ލަވަ އިފްތިތާހު ކުރުމަށް ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި މިހާތަނަށް ވަކި ދުވަހެއް ކަނޑައަޅާފައި ނުވާތީ މިހާތަނަށް ރާއްޖޭގައި އެ ދުވަސް ފާހަގަ ކުރަމުން ދިޔައީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާ ސެޕްޓެމްބަރު 27 ވަނަ ދުވަސް ކަމަށެވެ. އެހެން ކަމުން، ކުރުނބާ ވިލެޖް ގެ ނަމުގައި ރާއްޖެގައި ފުރަތަމަ ރިސޯޓް ހުޅުވި ދުވަސް ، އޮކްޓޯބަރު 3 ވަނަ ދުވަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަސް ކަމުގައި ނިންމަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިތުރު ތަފްސީލް އަންނަނީ

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!