ފޭސް 2 އަށް ދިރާގުން އިންޓަނެޓް ދިނުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ދިރާގުފޭސް 2 އަށް ދިރާގުން އިންޓަނެޓް ދޭން ފެށުމަށް ފަހު އެޗްޑީސީއާއި ދިރާގުގެ އިސްވެރިން ހިޔާ ފްލެޓްތަކުގައި-- ފޮޓޯ/ ދިރާގު

ހުޅުމާލެ ފޭސް ދެއަކަށް ދިރާގުން އިންޓަނެޓް ދީފި

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ހައިސްޕީޑް ފައިބަރު ބްރޯޑްބޭންޑް އިންޓަނެޓް އަދި ދިރާގު ޓީވީގެ ހިދުމަތް ދިރާގުން ފޯރުކޮށްދޭން ފަށައިފި އެވެ.

އެ ހިދުމަތް ފޯރުކޮށްދޭން ފެށުމުގެ ގޮތުން ދިރާގާއި އެޗްޑީސީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ދިރާގުގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލު ރަޝީދު އަދި އެޗްޑީސީގެ ސީއީއޯ ސުހައިލް އަހުމަދު އެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު، ހިޔާ ފްލެޓްގައި ދިރާގު ޓީވީ އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ހޯއްދެވި އެންމެ ފުރަތަމަ ކަސްޓަމަރާ އެ ދެ ބޭފުޅުން ބައްދަލުވެސް ކުރެއްވި އެވެ.

ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ހިދުމަތްތައް ފޭސް ފަސޭހަ ކަމަާއެކު އެދެވޭނެ ގޮތް ހެދުމުގެ ގޮތުން މާދަމައިން ފެށިގެން 10 އޮކްޓޯބަރ ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 15:30 އިން 18:30 އަށް ދިރާގުގެ ޓީމަކުން ފޭސް ދޭއްގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަައްސަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭން ފެށިއިރު އެތަނުގައި އެ ސަރަހައްދުގައި ހުންނަ ހިޔާ ފްލެޓްތަކުގައި މީހުން މިހާރު ވަނީ ދިރުއުޅެން ފަށައިފަ އެވެ. އެގޮތުން 40 އަށް ވުރެ ގިނަ އާއިލާ އެ ސަރަަަހައްދަށް ބަދަލުވެފައިވާ ކަމަށް އެޗްޑީސީން މިދިޔަ މަހު ފަހުކޮޅު ބުނެފައި ވެއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!