މިސްކިތުތެރެއަށް ކުޑަކަމުދިޔަ މީހާ

މިސްކިތުތެރެއަށް ކުޑަކަމުގޮސްފައިވަނީ ނުކުޅެދޭ މީހެއް: ފުލުހުން

މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުގޮސްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރައީސް އޮފީހުގެ މައި ގޭޓް ކުރިމައްޗަށާއި ހުކުރު މިސްކިތުތެރެއަށް އަދި އިސްލާމީ މަރުކަޒުގެ ތެރެއަށް މީހަކު ކުޑަކަމުގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަން ބަލަމުންދާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ދެންމެ ވިދާޅުވީ އިސްލާމީ މަރުކަޒުގެ ތެރެއަށް ވަދެ އިމާމާ ކުރިމައްޗަށްވާ ހެން ކުޑަކަމު ގޮސްފައިވަނީ މަޣުރިބު ނަމާދަށް ތިއްބާ ކަމަށެވެ. އަދި އެ ކަން މިހާރު ބަލަމުންދާ ކަމަށެވެ.

ފުލުހުން ފަހުން ބުނީ ކުޑަކަމު ގޮސްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އެނގިފައިވާ ކަމަށެވެ. އަދި މައްސަލަ މިހާރު ބަލަމުންދަ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!