އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް އޮފީހަށް ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކާ އެކު ރައީސް އޮފީހަށް!

އައްޑޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި އުނދަގޫތަކަށް ހައްލު ހޯދުމަށް ރައްޔިތުންގެ ޝަކުވާތަކާ އެކު ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހްމަދު ޝަރީފް ރައީސް އޮފީހަށް ވަޑައިގެންފިއެވެ. ޝަރީފް ވިދާޅުވީ، އައްޑޫއަށް އިގްތިސޯދީ ބޮޑު ސުނާމީއެއް އައިސްގެން އުޅޭ ކަމަށާއި އެ ސުނާމީގެ ސަބަބުން އައްޑޫގައި ދިރިއުޅެމުންދާ އާއިލާތަކަށް ހިތްދަތި ކަމާއި އެތައް ދަތި އުންދަގޫތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ އައިލާތަކުގެ އިހްސާސްތަކާއި ދިރިއުޅުމުގެ ވާހަކަތައް ރައީސް އޮފީހުގެ ޗީފްއޮފް ސްޓާފް އަލީ ޒާހިރު މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައި ދެއްވުމަށް އެދިފައި ވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ހިއްސާ ކުރި ވާހަކަތަކުގެ ތެރެއިން އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ މި ވެރިކަން އައުމުގެ ކުރިން ވެފައިވާ ވައުދުތައް ނުފުއްދާ އޮތް ކަމުގެ ޝަކުވާއެވެ. އެ ގޮތުން އައްޑޫ ރައްޔިތުން ބުނާ ގޮތުގައި މި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އައްޑޫއަށް ގެނެވުނު ހަމައެކަނި ތަރައްގީ އަކީ މަގު ހެދުން ކަމަށް އައްޑޫގެ ބައެއް ރައްޔިތުން ބުނެއެވެ. އައްޑޫ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކަވައިއި ޝަރީފް ވަކާލާތު ކުރައްވާ އިރު އަބަދުވެސް އައްޑޫއަށް ތަރައްގީ ގެނައުމަށް ޝަރީފް ގިނަ ވާހަކަތަކެއް ދައްކަވައެވެ. އެ ގޮތުން ވޭތުވެދިޔަ 11 އަހަރުތެރޭ އައްޑޫގައި ހުޅުދޫ އާއި މީދޫ އަށް ވަކި ކައުންސިލެއް ނޯންނަ މައްސަލައާ ގުޅޭ ގޮތުންވެސް އޭނާ އަންނަނީ ވަރަށް ބޮޑަށް އަޑުއުފުލާ ވާހަކަ ދައްކަވަމުންނެވެ. އެއްކޮށް އޮންނަ އެ ދެ ރަށުގައި އެއް ކައުންސިލެއް އޮންނާތީ ރަށުގެ ރައްޔިތުންވެސް އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!