އިސްދޫ ފެންވަޅު އަޑިއަށް ގޮސްފައި

އިސްދޫގައި ހުރި 150 އަހަރު ވީ ފެންވަޅު އަޑިއަށް ހިނގައްޖެ!

ލ. އިސްދޫގައި ހުރި 150 އަހަރަށް ވުރެ ގިނަ ދުވަސްވީ ފެންވަޅު އަޑިއަށް ހިނގައްޖެއެވެ. “ދަ ޕްރެސް” އަށް މައުލޫމާތު ދެއްވަމުން އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް ވިދާޅުވީ ފެންވަޅު އަޑިއަށް ގޮސްފައި ވަނީ މިއަދު ހެނދުނު 9 ޖަހާ ހާއިރު ކަމަށެވެ. ފެން ވަޅު އަޑިއަށް ގޮސްފައި ވަނީ އެވަޅާ ގާތްގަނޑަކަށް 6 ފޫޓު ދުރުން ދިޔަ ހައިމާކެއް އެތަނުން ދިޔަތާ މިނެޓެއް ވަރު ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ. ހަލީލު ވިދާޅުވީ ބޮޑަށް ބެލެވެނީ ވަޅު އަޑިއަށް ދިޔައީ އެ ހައިމާކު އެސަރަހައްދުން ދިއުމުން އުފެދުނު ވައިބްރޭޝަނުގައި ކަމަށެވެ. އެއީ 150 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާ، އެރަށު ރައްޔިތުން ގިނަ ޒަމާންތަކެއްގައި ބޯފެން ނެގުމަށް ބޭނުންކުރި ވަޅެއް ކަމަށް ހަލީލު ވިދާޅުވިއެވެ. ދުވަސްވީ މީހުން ބުނާ ގޮތުންނަމަ އެ ވަޅުން ފެން ބޮއެފިނަމަ، އެމީހަކު އިސްދޫ އަކުން ނުދާނެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!