ރަންނާޅި ރިސޯޓު

ރިސޯޓެއްގައި ބިރު ދެއްކި މައްސަލައެއް

ރިސޯޓެއްގައި މުވައްޒަފަކަށް ބިރު ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަދާރަން ރަންނާޅި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކަަށް ބިރު ދެއްކި މައްސަލައެއް މިދިޔަ މަހު 30 ވަނަ ދުވަހުގެ ރޭ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އަޑު ފެތުރިފައިވާ ގޮތުގައި ރަންނާޅި ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީއަކު އެ ރަށުގައި ހުރި ދިވެއްސެއްގެ މޫނުމަތީގައި ޖަހައި ވަޅިއަކުން ވަނީ ބިރުދައްކާފަ އެވެ. އެކަމަކު އެ ތުހުމަތުތައް ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

ރިސޯޓެއް ވަޅިން ބިރު ދެއްކުމުގެ އެހެން މައްސަލައެއްގައި މިދިޔަ އޮގަސްޓު މީހަކު ވަނީ ޖަލަށް ވެސް ލާފައެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!