ފިނޭންސް މިނިސްޓްރީ

މުވައްޒަފުންގެ މުސާރަ މިރޭ ޖަމާވާނެ: ފިނޭންސް މިނިސްޓްރީ

ރަށްރަށުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ޖަމާވުން މި މަހު ލަސްވި ނަމަވެސް އެ ހުރިހާ މުވައްޒަފުންގެ މުސާރަ މިރޭ ޖަމާކޮށް ނިމޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މަސް ފެށުމުގެ ކުރިން އާންމުކޮށް ސަރުކާރު މުވައްޒަފުންގެ މުސާރަ ޖަމާ ކުރެ އެވެ. ނަަމަވެސް މި އޮކްޓޫބަރު މަސް ފަށައި ތިން ދުވަސްވީ އިރު ވެސް އަތޮޅު ތަކުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާ ނުވާތީ ޝަކުވާ ބޮޑުވެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާަޅުވީ ބައެއް މުވައްޒަފުންނަށް މުސާރަ ދިނުމުގައި ލަސްތަކެއް ދިމާވީ މުވައްޒަފުންގެ މައުލޫމާތުތައް އާ ސިސްޓަމަކަށް އަޅާތީ ކަމަށެވެ.

“މިދިޔަ މަހު މުވައްޒަފުންނަށް ޑަބަލްކޮށް ވެސް މުސާރަ ދެވުނު. އެހެންމެ އެކަން ދެން ތަކުރާރު ނުވާނެގޮތަށް ކަންތައްތައް ބައްޓަން ކުރާނެ ވާހަކަ އަޅުގަނޑުމެން ދެންނެވިން… މުސާރަތައް މީގެ ކުރިން ހަދަމުން ދިޔައީ އެކްސެލްޝީޓެއް މެދުވެރިކޮށް. އެހެން ނަމަވެސް އަތޮޅު ތެރޭގެ މުވައްޒަފުން މިހާރު ވަނީ ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީ ކުރަން ފަށައިފައި. އެހެންވެ އެ ޕޯޓަލްގައި ރަޖިސްޓްރީކޮށް ޑޭޓާތައް އެޅުމުގައި ލަސްވާތީ މުސާރަ ޖަމާ ކުރުން ލަސްވީ” އޮފިޝަލު ވިދާޅުވި އެެވެ.

އޭނާ އިތުރަށް ވިދާޅުވީ މުސާރަ ޖަމާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މުސާރަ ނުލިބޭ ހުރިހާ މުވައްޒަފުންނަށް މިރޭގެ ނިޔަލަށް މުސާރަ ލިބޭނެ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!