ސްކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމްގެ ތެރެއިން: ރާއްޖޭގައި ކިޔަވައިދެމުންދާ 213 ސްކޫލެއްގެ ދަރިވަރުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވޭ -- ފޮޓޯ: އަވަސް

3000 އަށްވުރެ ގިނަ ދަރިވަރުން ވެކްސިން ޖަހައިފި

ސްކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމްގެ ދަށުން 30571 ދަރިވަރަކު ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް 36029 ދަރިވަރުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އެއީ 218 ސްކޫލަކުންނެވެ. އަދި 213 ސްކޫލެއްގެ ދަރިވަރުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ.

ސުކޫލް ދަރިވަރުންގެ ތެރެއިން ވެކްސިން ޖަހައި ދެމުން އަންނަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. އެ ކުދިންނަށް ޖަހައި ދެނީ ފައިޒާ ވެކްސިނެވެ.

ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް ފަށައިފައިވަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމު ފެށީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން އޮގަސްޓު ނުވަ ވަނަ ދުވަހު ރާއްޖެއަށް ލިބުމާއި ގުޅިގެނެނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ 40000 ދަރިވަރުންނަށް ވެކްސިން ދިނުމެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!