ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން --

އެމްއާރްއެމުން ސަރުކާރާއެކު ސާބިތުކަމާއެކު ދެމި އޮންނާނެ: ފާރިސް

ސަރުކާރު ހިންގާ ކޯލިޝަން އުފެދިފައިވަނީ ގައުމުގެ ހެވާ ލާބައަށްޓަކައި މަސައްކަތް ކުރުމަށް ކަމަށާ އެ މަސައްކަތުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ދެމި އޮންނާނެ ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއާރްއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން — ކޮންގްރެސް — ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ އެ ޕާޓީއަކީ މިހާރު އޮތް ސަރުކާރު ހިންގާ ކޯލިޝަންގެ މެންބަރެއް ކަމަށާ ގިނަ ޕާޓީތަކެއް ގުޅި ކޯލިޝަނެއް އުފެއްދީ ގައުމުގެ ހެވާއި ލާބައަށްޓަކައި ކަމަށެވެ. ފާރިސް ވަނީ އެ މަސައްކަތް ކުރުމުގައި ސަރުކާރު ކޯލިޝަންއާއެކު އެމްއާރްއެމް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

“އެމްއާރްއެމްއަކީ މިހާރު ސަރުކާރުގެ ކޯލިޝަންގެ މެންބަރެއް. މި ކޯލިޝަން އުފެދިފައިވަނީ ގިނަ ޕާޓީތަކެއް ގުޅިގެން ގައުމުގެ ހެވާ ލާބައަށްޓަކައި މަސައްކަތް ކުރަން. އެހެން ކަމުން އެމްއާރްއެމްއިން މި މަސައްކަތުގައި ސާބިތު ކަމާއެކު ދެމި ތިބޭނަން،”

ފާރިސް ވިދާޅުވީ ގިނަ ބައެއްގެ ނަޒަރުގައި ސިޔާސީ މައިދާނަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މައިދާނެއް ކަމަށާ ސިޔާސީ މަސައްކަތަކީ އުސޫލުތައް ހިފަހައްޓާ މީހަަކަށް ކުރަން އުނދަގޫ ކަމެއް ކަމަށް ދެކޭ ކަމަށެވެ. ނަމަވެސް ސިޔާސީ މަސައްކަތަކީ ނަޒާހަތްތެރިކަމާއެކު މަސައްކަތް ކޮށްގެން ކުރިއަށް ދެވިދާނެ މަސައްކަތެއްކަން ސާބިތުކޮށްދޭން އެމްއާރްއެމްއިން ބޭނުންވާ ކަމަށެވެ.

އެމްއާރްއެމްގެ އޮނިގަނޑު ބިނާވެފައިވަނީ އެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

އަދި އެ ޕާޓީއަކީ އަންހެނުންނާއި ޒުވާނުންގެ ދައުރު ބޮޑު ޕާޓީއެއް ކަަމަށާ ހިންގުމުގައި ސިޔާސަތުތައް ކަނޑައަޅާފައިވަނީ އަންހެނުންނާއި ޅަ އުމުރުގެ ޒުވާނުންގެ ބައިވެރިވުން ހިމަނައިގެން ކަމަށެވެ.

“އަޅުގަނޑުގެ އަޒުމަކީ އެމްއާރްއެމްއަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ޕާޓީގެ ފައިދާ ލިބޭ އަދި ދިވެހި ހުރިހާ ރައްޔިތުންވެސް އިތުބާރު ކުރާ ޕާޓީއަކަށް އެމްއާރްއެމް ހެދުން. އެމްއާރްއެމްއިން މަސައްކަތް ކުރާނީ ސިޔާސީ މަސްރަހާމެދު އެންމެންގެވެސް އުންމީދު އާލާ ކުރުމަށް،” ފާރިސް ވިދާޅުވިއެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!