ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް ދަތުރު ކުރާއިރުވެސް ބޭނުންކުރާނީ މިހާރުގެ ބަސް ކާޑު!

ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް ދަތުރު ކުރާއިރު ބޭނުންކުރާނީ މިހާރުވެސް ބޭނުންކުރާ ބަސް ކާޑު ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ހާމަކޮށްފިއެވެ. އެމްޓީސީސީން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަސް ދަތުރުތައް ފެށީ އިއްޔެ އެވެ. ބަސް ދަތުރު ފެށުމާއި ހަމައަށް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުން ދިޔައީ ދަތުރުފަތުރު ކުރުމުގައި ދަތިކަން ތަހައްމަލް ކުރަމުންނެވެ. ހާއްސަކޮށް އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށި އިރުވެސް ބަސް ދަތުރު ފެށިފައިނުވާތީ އާންމުން ދިޔައީ ޝަކުވާ ކުރަމުންނެވެ. We would like to bring to the attention of our customers using the new Hulhumale Phase 1 – Phase 2 connection bus route that they can use the same bus card for travelling. #RayyithungeKunfuni #MTCCTransport pic.twitter.com/85tEFhP1K7 — MTCC Plc (@MTCCPlc) October 2, 2021   އެމްޓީސީސީން ބުނީ، ދެވަނަ ފިޔަވަވައްސަށް ދަތުރުތައް ފެށީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ޓްރާންސްޕޯޓް މިނިސްޓްރީއާ އެޗްޑީސީއާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށެވެ. އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދެމުންދާ ބަހުގެ ހިދުމަތް ފުޅާކޮށް އެ ހިދުމަތް ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށްވެސް ދެވޭނެ ގޮތަށް މިހާރުވަނީ ބަސް ރޫޓަށް ބަދަލުގެނެވިފައެވެ އެމްޓީސީސީން ބުނީ ބަހުގެ ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ އިތުރު ބަސްތައް ގެނައުމާއި، އެ ހިދުމަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!