ސީޕްލޭން ޓާމިނަލް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ލޮކްޑައުން ދުވަސްވަރު ފްލައިޓު ނުދުއްވުމުގެ ނޭދެވޭ އަސަރު ސީޕްލޭން ޕައިލެޓުންނަށް

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ބޯޑަރު ބަންދުކުރުމުން ޕައިލެޓުންނަށް ފްލައިޓު ދުއްވަން ނުލިބުމުގެ ނޭދެވޭ އަސަރު ސީޕްލޭން ޕައިލެޓުންނަށް ކޮށްފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީން މިހެން ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭނެއް ޖެއްސުމުގެ ތެރޭގައި ހިނގި ހާދިސާގެ ތަހުގީގީ ރިޕޯޓުގައެވެ. މި ރިޕޯޓު ޝާއިއުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެ އިދާރާގެ ތަހުގީގުން ނިންމައިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ޕައިލެޓުގެ މައްސަލައަކުންނެވެ. އެގޮތުން ބޯޓު ފުރިއިރު އެއްވެސް ކަހަލަ ޓެކްނިކަލް މައްސަލައެއް ފާހަގަވެފައިނުވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ކޮމާންޑުގައި އިން ޕައިލެޓު، އެކްސިޑެންޓު ހިނގުމުގެ ކުރީގެ 90 ދުވަސް ތެރޭގައި ފްލައިޓު ދުއްވައިފައިވަނީ 37.5 ގަޑިއިރުގައެވެ. މިއީ ކޮވިޑް-19ގެ ލޮކްޑައުންގެ ސަބަބުން މެދުވެރިވި ހާލަތެއް ކަން ފާހަގަކޮށްފައިވެއެވެ. އެ އޮތޯރިޓީން ވަނީ ކޮވިޑް ދުވަސްވަރު ޕައިލެޓުންގެ ފްލައިން ޓައިމް މަދުވުމުން އޭގެ ނޭދެވޭ އަސަރު އެމީހުންނަށް ކޮށްފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ވެސް އެހެނިހެން ފްލައިޓުތައް ދުއްވުމަށްފަހު ސީޕްލޭނަށް ބަދަލުވާ ޕައިލެޓުންނަށް ގޮންޖެހުންތައް ހުންނަ ކަމަށާއި މިގޮތަށް ޕައިލެޓުން ބަދަލުވާއިރު ބަލަން ޖެހޭ ކަންކަން އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. ޓީއެމްއޭގެ ސީޕްލޭން ޖެއްސުމުގެ ތެރޭގައި ދިމާވި އެޗހާދިސާގައި ބޯޓު އަރި އަޅައިލައި، ބޯޓުގެ ކަނާތުގެ ފިޔަގަނޑު މޫދުގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ ހަތަރު ފަސިންޖަރުންނެވެ. ފަސިންޖަރުންނަށް ގެއްލުމެއް ވެފައިނުވި ނަމަވެސް ބޯޓުގެ ބައެއް ކްރޫންނަށް ކުދިކުދި ގެއްލުންވެފައިވެއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!