އޭޑީކޭ ހޮސްޕިޓަލަށް ޓެކްސީއެއް ވަންނަ އިރު ދޮރުމަތީގައި އޭޑީކޭގެ 2 ސްޓަފުން / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ހުމާ ރޮގާ ގިނަވާތީ އޭޑީކޭ ހޮސްޕިޓަލްގައި ހާއްސަ އޯޕީޑޭއެއް ހުޅުވައިފި

ހުމާ ރޮގާ ގިނަވާތީ އޭޑީކޭ ހޮސްޕިޓަލްގައި ހާއްސަ އޯޕީޑޭއެއް ހުޅުވައިފިއެވެ. އޭޑިކޭ ހޮސްޕިޓަލުން ބުނީ ފަހަކަށް އައިސް ހުން އައިސްގެން ދައްކާ މީހުންގެ ކޭސްތައް އިތުރުވެފައިވާތީ ޖެނަރަލް އޯޕީޑީއެއް އޭޑީކޭ ހޮސްޕިޓަލް ތެރޭގައި ހުޅުވާފައިވާ ކަމަށެވެ. އެތަން ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 10 އާ ހަމައަށް ކަމަށް އޭޑީކޭއިން ބުނެއެވެ. ރޯގާޖެހި، ހުން އައިސް އަދި ކެއްސުން ފަދަ އަލާމަތްތައް ފެންނަނަމަ ހުމުގެ ޖެނަރަލް އޯޕީޑީއަށް ޒިޔާރަތްކުރުމަށް އޭޑީކޭއިން ވަނީ އެދިފައެވެ. އޭޑީކޭގައި ހާއްސަ އޯޕީޑީއެއް ހުޅުވާފައިވާއިރު އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ އެފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކާ މިދުވަސްވަރުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. މާލެ ސަރަހައްދުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުން އަންނަ ކަމަށް ވެސް އެޖެންސީގެ ހިސާބުތަކުން ދައްކާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން، ސެޕްޓެމްބަރު މަސް ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 3720 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާ މިއީ ފާއިތުވެ ދިޔަ އޯގަސްޓް މަހާ އަޅާ ބަލާއިރު 60 ޕަސަންޓް އިތުރު އަދަދެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހުމާއި ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތަކާ އެކު ޑޮކްޓަރަށް ދައްކަން އެ ހޮސްޕިޓަލަށް ނުދިއުމަށާއި އެފަދަ އަލާމާތެއް ހުރި ނަމަ ހެނދުނު 8:30 އިން ރޭގަނޑު 10:00 އާ ދެމެދު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހުންނަ ތަނުގައި ހާއްސަކޮށްފައިވާ ފްލޫ ކްލިނިކަށް ދިއުމަށް އައިޖީއެމްއެޗްުން ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!