ފުވައްމުލަކުގައި ކުރިއަށް ދިޔަ ފެނަކަ "ފުނަރު" ޕްރޮގްރާމްގެ ތިއަރީ އިމްތިހާނު -- ފޮޓޯ/ ފެނަކަ

ފުވައްމުލަކުގައި ފެނަކަ “ފުނަރު” ޕްރޮގްރާމް ނިންމާލައިފި

ފެނަކަ ކޯޕަރޭޝަންގެ “ފުނަރު” އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާ ސަރަހައްދުތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ އިމްތިހާނުތައް ނިންމާލައިފިއެވެ. އިންޖީން ރިޕެއާއާއި މެއިންޓަނެންސް ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ އެ ޕްރޮގްރާމުގެ ތިއަރީ އިމްތިހާން އިއްޔެ ނިންމާލިއިރު، ޕްރެކްޓިކަލް ބައި ނިންމާލީ މިއަދުއެވެ. ފުވައްމުލަކުގައި ކުރިއަށް ދިޔަ ފެނަކަ “ފުނަރު” ޕްރޮގްރާމްގެ ޕްރެކްޓިކަލް އިމްތިހާނު — ފޮޓޯ/ ފެނަކަ ދެ އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިންނާއެކު ފުވައްމުލަކުން މި ޕްރޮގްރާމް ނިންމާލި އިރު، އަށް ރަށެއްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އިމްތިހާން ނުނިމި މިހާރު ވަނީ ތިން ރަށެއްގައެވެ. އިމްތިހާނު ނިމިފައިވާ ރަށްތައް: ކުޅުދުއްފުށި ސިޓީ ށ. މިލަންދޫ ނ. ވެލިދޫ ތ. ވިލުފުށި ފުވައްމުލައް ސިޓީ މި މަހުގެ ނިޔަލަށް ހުރުހާ ރަށެއްގައި މި ޕްރޮގްރާމް ނިންމާލެވޭނެ ކަމަށް ލަފާކުރައްވާކަމަށް ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިންގެ އެންޑް ރިސާޗްގެ ޑީން އައިޝަތު ފަސީހާ މުހައްމަދު ވިދާޅުވިއެވެ. މިހާރު އިމްތިހާނުތައް ނުނިމިވާ ރަށްރަށުތެރެއިން އެއްވެސް ރަށެއް މޮނިޓަރިންގެ ހާލަތަށް ނުލައިފި ނަމަ އެ މުއްދަތުގައި އިމްތިހާނުތައް ނިމޭނެކަމަށް ފަސީހާ ވިދާޅުވިއެވެ. މީގެއިތުރުން ހަތަރު ރަށެއްގައި އިމްތިހާނު އަދި ނުނިމެއެވެ. އިމްތިހާނު ނުނިމޭ ރަށްތަކަކީ: އައްޑޫ ސިޓީ ދ. ކުޑަހުވަދޫ ބ. އޭދަފުށިދެ ޖިންސުގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ފުރުސަތު ހުޅުވާލި މި ޕްރޮގްރާމަކީ، މުޖުތަމައުގައި ޓެކްނިކަލް ދާއިރާއަށް މީހުން ބިނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ފެނަކަ އިންސްޓިޓިއުޓް އިން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ފެނަކައިން ވަޒީފާގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައި ވެއެވެ. އެހެންކަމުން އެ ފަރާތްތަކުން ބޭނުންނަމަ ފެނަކައިން ވަޒީފާ ހަަމަޖެހޭނެ ކަމަށް ފަސީހާ ވިދާޅުވިއެވެ. “ކެރިއާ ބިލްޑް ކުރަން ޒުވާނުންނަށް ހުޅުވާލާފައިވާ ފުރުސަތެއް މި ފުރުސަތަކީ. ދެން މި ޕްރޮގްރާމް މި އަހަރު ނިމުނަސް މީގެ އިތުރު ޕްރޮގްރާމްތަކެއް ފެނަކަ އިންސްޓިޓިއުޓް އިން ކުރިއަށް ގެންދާނެ ދެން އަންނަ އަހަރުވެސް،” ފަސީހާ ވިދާޅުވިއެވެ. މީގެ އިތުރުން ފުވައްމުލަކުގައި މަސައްކަތް ކުރާ އެ ކުންފުނީގެ ޓެކްނިކަލް މުވައްޒަފުންނަށް ވަނީ އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖިނިއަރިންގް ޓްރޭނިންގް އެއްވެސް ހިންގާފައެވެ. ފުވައްމުލަކު ފެނަކަ ސްޓާފުންނަށް ކުރިއަށް ގެންދިޔަ ޓްރެއިނިންގެ ތެރއިން — ފޮޓޯ/ ފެނަކަ މާލޭގެ ޓްރެއިނަރުން ކުރިއަށް ގެންދިޔަ މި ޓްރޭނިންގްގައި 17 މުވައްޒަފުން ވަނީ ބައިވެރި ވެފައެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!