މަނީ ޕެކިއާއޯ: ފިލިޕީންސްގެ ގާނޫން ހަދާ މަޖިލީހުގައި ސެޝަންތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީމަނީ ޕެކިއާއޯ: ފިލިޕީންސްގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން ފޯމު ހުށަހަޅުއްވަނީމަނީ ޕެކިއާއޯ: ބޮކްސިން މެޗެއްގައި ވާދަ ކުރައްވައި ވާދަވެރިޔާ ބަލި ކުރައްވަނީ

ފިލިޕީންސްގެ ބޮކްސިން ޗެމްޕިއަން ރައީސް ކަމަށް ވާދަކުރަނީ

ފިލިޕީންސްގައި އަންނަ އަހަރު، މެއި 9، 2022 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ ބޮކްސިން ޗެމްޕިއަށް އިމަނުއެލް ދާޕީދުރަން ޕެކިއާއޯ، މަނީ ޕެކިއާއޯ ވާދަ ކުރައްވާނެ އެވެ.

އިންތިހާބުގައި ވާދަ ކުރެއްވުމަށްޓަކައި ޕަކިއާއޯ އާއި ރަނިންމޭޓް، ލީތޯ އަތިއެންޒާ ވަނީ އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފަ އެވެ. ރައީސް ކަމަށް ވާދަ ކުރެއްވުމަށް އެންމެ ފުރަތަ ފޯމް ހުށަހެޅުއްވީ ވެސް މި ދެ ބޭފުޅުންނެވެ.

މަނީ ޕެކިއާއޯ 42، އަކީ ފިލިޕީންސްގެ ގާނުންހަދާ މަޖިލީގު މެމްބަރެކެވެ. ލީތޯ އަތިއެންޒާ 80، އަކީ ގާނޫނު ހަދާ މަޖިލީހުގެ ޑެޕިއުޓީ ސްޕީކަރެވެ. އުމުރުގެ ގޮތުން މިހާ ތަފާތު ބޮޑު ދެ ބޭފުޅުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވުމުން ގިނަ ބަޔަކު ތިބީ ކޮސްވެފަ އެވެ. ކުރިން ހީކުރެވިފައި އޮތީ ރަނިންމޭޓަކަށް މަނީ ޕެކިއާއޯ އިޚްތިޔާރު ކުރައްވާނީ ޒުވާނެއް ކަމަށެވެ.

ޕެކިއާއޯ އަކީ ފިލިޕީންސްގައި ބަތޮލެކެވެ. ބޮކްސިންގެ ދާއިރާއިން އޭނާ ގައުމަށް ހޯއްދަވައި ދެއްވާފައި ކާމިޔާބީއަށް މުޅި ގައުމު ޝުކުރުވެރިވެ އެވެ. އޭނާއަކީ ބުނެވޭ ގޮތުގައި ވަރަށް ހިތްތިރި އެންމެންނާ ވެސް ގުޅޭ ބޭފުޅެކެވެ. ކުރިން ވަރަށް ފަގީރު ނަމަވެސް މިހާރު މުއްސަނދި މަހުޖަނެކެވެ.

ޕެކިއާއޯއަށް ބޮކްސިން ތަޅައިގެން ލިބޭ ފައިސާ ބައްކޮށްފައި ބެހެއްޓުމުގެ ބަދަލުގައި އިންސާނީ ވަސީލަތްތަކަށް ހޭދަ ކުރައްވާ ކަމަށްވެ އެވެ. އޭނާގެ މި ސިފަ މުޅި ފިލިޕިންސް އޮތީ ބަލައިގެންފަ އެވެ.

ރައީސް ކަމަށް ވާދަ ކުރައްވަން ނިންމަވައި ބޮކްސިން ކެރިއަރުން ވެސް ޕެކިއާއޯ މިހާރު ވަނީ އިސްތުއުފާ ދެއްވާފަ އެވެ. އޭނާ ގޮވާލައް ވަނީ ފިލިޕީންސްއިން ކޮރަޕްޝަންގެ ނުތާހިރުކަން މުޅިން ފިލުވާލައްވާނެ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!