މެޔަރު މުއިއްޒު އަދި ސައުދީ ސަރީފްގެ ބައްދަލުވުމުގެ ތެރެއިން: މާލެ ތަރައްގީ ކުރުމުގައި ސައުދީން އެހީވެވިދާނެ ކަންކަމާމެދު ވަނީ މަޝްވަރާކޮށްފަ --- ފޮޓޯ: ސިޓީ ކައުންސިލް

މާލެ ސިޓީގެ ތަރައްގީއަށް ސައުދީގެ އެހީ ހޯދަނީ

މާލޭ ސިޓީގެ ތަރައްގީކުރުމުގެ މަޝްރޫއަށް ސައުދިއަރަބިއްޔާގެ އެހީ ހޯދަން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސައުދީން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަ ސަފީރު މާތުރެހް އަބްދުﷲ އެމްއަލްދަސަން ކުރެއްވި ބައްދަލުކުރެއްވުމެއްގަ އެވެ. މާލޭ ސިޓީގެ މެޔަރު އަދި ސައުދީ ސަފީރް ބައްދަލު ކުރެއްވީ އިއްޔެ އެވެ. އެ ބައްދަވުން އޮތީ ސައުދީ އެމްބަސީގައެވެ.

މި ބައްދަލުވުމުގައި ސައުދީ ސަރުކާރުގެ ފަރާތުން މާލޭ ސިޓީގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަމާ ބެހޭގޮތުން މެޔަރު މުއިއްޒު މަޝްވަރާކުރެއްވި އެވެ. އެގޮތުން މިހާރު ހިންގަމުންދާ އަދި ކުރިއަށް ރޭވިފައިވާ މަޝްރޫއުތަކުގެ ތެރެއިން އެހީތެރިކަން ދެއްވިދާނެ އަދި ޝައުގުވެރިކަން ހުރި މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާތައް ކުރި އެވެ.

ސައުދީ އަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮއްދޭ ގައުމެކެވެ. އެގޮތުން ސަލްމާނު މިސްކިތާއި، އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ސައުދީ ސަރުކާރުގެ އެހީ ރާއްޖެއަށް ވަނީ ލިބިފަ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!