މޭޔާސް ފުޓްސަލް ފިއެސްޓާ 2021 މުބާރާތް ފެށުން ---

މޭޔަރުގެ ތަށްޓަށް ކުޅޭ ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް ފަށައިފި

މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ބާއްވާ މޭޔާސް ފުޓްސަލް ފިއެސްޓާ 2021 މުބާރާތް ފަށައިފިއެވެ. އެ މުބާރާތުގެ މެޗުތައް ކުޅެން ނިންމާފައިވަނީ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާބެހޭ ބައިގައި އޮންނަ ސިޓީ ކައުންސިލްގެ ފުޓްސަލް ދަނޑުގައެވެ. އެ މުބާރާތް ފެއްޓެވުމަށް ފަހު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ބާއްވާ ފުރަތަމަ މުބާރާތް ކަމަށެވެ. އަދި ކޮންމެ އަހަރަކު މި މުބާރާތް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ސިޓީ ކައުންސިލްގެ 70 އަށްވުރެ ގިނަ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވެގެން ކުރިއަށްގެންދާ އެ މުބާރާތުގައި އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ މެޗުތައް ކުޅޭނެއެވެ. މޭޔާސް ފުޓްސަލް ފިއެސްޓާ 2021 މުބާރާތް ފެށުން — ސިޓީ ކައުންސިލުން ބުނީ އެ މުބާރާތުގައި ފިރިހެން ޑިވިޝަންގެ ގްރޫޕް އޭ ގައި ހަތަރު ޓީމް އަދި ގްރޫޕް ބީ ގައި ހަތަރު ޓީމާއެކު ޖުމްލަ އަށް ޓީމް ބައިވެރިވާނެ ކަމަށެވެ. ކައުންސިލުން ބުނީ އަންހެން ޑިވިޝަންގައި ވާދަ ކުރާނީ ފަސް ޓީމް ކަމަށާއި އެ ޓީމްތައް އެކުލަވާލައިފައިވަނީ ސެކްޝަން ތަކުން ކަމަށެވެ. ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީންގެ ޓީމެއް ވެސް އެ މުބާރާތުގައި ބައިވެރިވެއެވެ. ރޭގަނޑު ވެސް ކުރިއަށް ގެންދަން ނިންމާފައިވާ އެ މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މާދަމާ ހަވީރުއެވެ. ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ މުވައްޒަފުންގެ ގުޅުން ރަނގަޅު ކުރުމަށް ޓަކައި ކުރިއަށް އޮތް ތަނުގައިވެސް ތަފާތު އެކިއެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!