ހިޔާ ފްލެޓުތަކުގެ ގްރޭސް ޕީރިއަޑް ހަމަވުމުން މެނޭޖްމަންޓް އަދި އިންސްޓޯލްމެންޓް ފީ ނަގަން ފަށަނީ

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ދޫކޮށްފައިވާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް ހަމަވުމަށްފަހު މެނޭޖްމަންޓް އަދި އިންސްޓޯލްމަންޓް ފީ ނަގަން ފަށާނެކަން ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަ ކޮށްފި އެވެ. ފޭސް 2 ގައި ޢިމާރަތް ކޮށްފައިވާ 6،720 ފްލެޓުގެ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ “ނ” ބަޔާންކޮށްފައިވާގޮތުން ފްލެޓްގެ އެއްބަސްވުމުގައި ސޮއި ކުރާއިރު، އެ ޓަަވަރުތަކަަށް ކަރަންޓާއި ފެނުގެ ޚިދުމަތް ލިބިފައި ނުވާނަމަ، ގްރޭސް ޕީރިއަޑުގެ ތިން މަސް ދުވަސް ގުނަން ފަށާނީ އެ ޚިދުމަތް ލިބުނުކަން ވިއްކާ ފަރާތުން ޢިއުލާނު ކުރާ ތާރީޚުން ފެށިގެން ނެވެ. އެޗްޑިސީން ވިދާޅުވި ގޮތުގައި މި ޚީދުމަތް މިހާރު ވަނީ ހިޔާ މަޝްރޫޢުގެ ދަށުން ދޫކޮށްފައިވާ ހުރިހާ ޓަވަރުތަކަށް ވެސް ފޯރުކޮަށްދެވިފަ އެވެ. އެހެންކަމުން 30 ސެޕްޓެމްބަރ 2021 ގެ ނިޔަލަށް ފްލެޓުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް 1 އޮކްޓޯބަރ އިން ފެށިގެން ހިނގަން ފަށާނެ ކަމަށް އެޗްޑީސީ އިން ހާމަ ކޮށްފައި ވެއެވެ. އިތުރަށް ހާމަ ކުރެއްވި ގޮތުގައި މި ތިންމަސް ދުވަސް ހަމަވުމަށްފަހުު އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އިންސްޓޯލްމަންޓް އަދި މެނޭޖްމަންޓު ފީ ނަގަންފަށާނެކަން ވެސް ހާމަ ކޮށްފައި ވެއެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!