އުރީދޫ ކަސްޓަމަރުންނަށް 60 އިންސައްތައާހަމައަށް އިތުރު ޑާޓާއާއިއެކު މުޅިން އައު ޕެކޭޖްތަކެއް

އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކުގެ ޑޭޓާ އެލަވަންސްތަށް އިތުރުކޮށް، މުޅިން އައު ޕްލޭތަކެއް ތައާރަފްކުރުމާއި އެކު އުރީދޫ ޑޭޓާގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ. އެގޮތުން ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާކުރުމުގެ ތަސައްވުރާއި، ސަރުކާރުގެ ނެޓުހެޔޮ މަޝްރޫއުގެ ދަށުން ޕްރީޕެއިޑް ކަސްޓަމަރުންނަށް %60 އާއި ހަމައަށް އިތުރު ޑޭޓާ ލިބިގެންދާއިރު، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްއާއިއެކު ހެޔޮ އަގުގައި މުޅިން އައު ޕެކޭޖްތަކެއް ވެސް ވަނީ ތަޢާރަފްކުރެވިފަ އެވެ. މީގެ އިތުރުން ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކަށް %25 އިތުރު ޑޭޓާ އާއިއެކު، ކަސްޓަމަރުންނަށް ޚާއްޞަ އޮފަރއެއްގެ ގޮތުގައި %80 އާއި ހަމައަށް އިތުރު ޑޭޓާ ވެސް ލިބިގެންދާނެ އެވެ. އިތުރުވަމުން އަންނަ ޑިޖިޓަލް ޚިދުމަތްތަކާއެކު ކަސްޓަމަރުންގެ ބަދަލުވަމުންއަންނަ ބޭނުންތަކާއި އެއްގޮތުގެ މަތިން ހެޔޮ އަގުގައި ކޮލިޓީ އިންޓަރނެޓެއް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތްކުރެއެވެ. ޕްރިޕެއިޑް ޕްލޭންތަކަށް %60 އާއި ހަމައަށް އިތުރު ޑޭޓާ ނެޓުހެޔޮ މަޝްރޫއުގެ ދަށުން ޕްރީޕެއިޑް ޕްލޭންތަކަށް އައި ހެޔޮ ބަދަލާއެކު %60 އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު %38 އާއި ހަމައަށް އަށް ޑޭޓާގެ އަގުވެސް ވަނީ ތިރިވެފަ އެވެ. މި ހެޔޮ ބަދަލާއެކު އުރީދޫ ޕްރީޕެއިޑް ގެންގުޅުއްވާ ފަރާތްތަކަށް ޑިޖިޓަލް ޚިދުމަތްތައް ބޭނުންކޮށް އިންޓަނެޓްގެ ފުރިހަމަ ބޭނުންހިފުމަށް އިތުރަށް މަގު ފަހިވެގެންދާނެ އެވެ. 30% އިތުރު ޑޭޓާއާއި އެކު މުޅިން އައު ޕޯސްޓްޕެއިޑް ޕްލޭންތަކެއް މިއަދު ތަޢާރަފްކުރެވުނު އައު ޕްލޭންތައް އުރީދޫ ސެލްފްކެއަރ އެޕް، އުރީދޫ ޢެޕް: http://ore.do/app މެދުވެރިކޮށް ނެންގެވޭނެ އެވެ. ފަސޭހަ ހޯމްބްރޯޑްބޭންޑް ކަސްޓަމަރުންނަށް %25 އިތުރު ޑޭޓާ އަދި އިތުރު %80 ބޯނަސް ޑޭޓާ ފަސޭހަ ހޯމްބްރޯޑްބޭންޑް ނަންގަވާ ފަރާތްތަކަށް އިތުރަށް މަޑުކުރަންނުޖެހި ،ރައުޓަރ ގުޅާލުމުން ވަގުތުން ޚިދުމަތް ލިބިގެންދާނެއެވެ. އެއްތަނުން އަނެއްތަނަށް ބަދަލު ކޮށްލަން ފަސޭހަ ރައުޓަރަކާއެކު ފަސޭހަ ހޯމްބްރޯޑްބޭންޑްގެ ޚިދުމަތަކީ، ގެއިން މަސައްކަތްކުރައްވާ ބޭފުޅުންނަށާއި ކިޔަވާ ދަރިވަރުންނަށް ފަސޭހަ ޚިދުމަތެއްކަންވެސް އުރީދޫ މޯލްޑިވްސްއިން ފާހަގަކުރެއެވެ. މީގެ އިތުރުން ފަސޭހަ ސެލްފްކެއަރ ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ ބެލަންސް ބަލާލާ، ޕެކޭޖް އެކްޓިވޭޓްކޮށްލެވޭނެއެވެ. އުރީދޫގެ ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓަރނެޓްގެ ޚިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން އަރުވައެވެ. މިއަދު މޮބައިލް އަދި މޮބައިލް ބްރޯޑްބޭންޑްއަށް މި ގެނެވުނު ހެޔޮ ބަދަލާއިއެކު މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދާ ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. މިއަދު ތަޢާރަފް ކުރެވުނު އައު ޕެކޭޖްތައް 1 އޮކްޓޯބަރވާ ހުކުރު ދުވަހުންފެށިގެން ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!