ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރުތައް / ފޮޓޯ: ފައުޒާ މުހައްމަދު - ދަ ޕްރެސް

ހިޔާ ފްލެޓްތަކުގައި ކެމެރާ ހަރުކުރަނީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފާ ހުރި ފްލެޓްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައިފިއެވެ. އެޗްޑީސީން ބުނީ 16 ޓަވަރުގައި 300 އެއްހާ ކެމެރާ ހަރުކުރުމަށް ނިންމާފައިވާ ކަމަށާ އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެއް ޕްރޮޖެކްޓް މިހާރު އެވޯޑް ކޮށްފައިވާ ކަމަށާ ބާކީ ތިން ޕްރޮޖެކްޓް މި ހަފުތާގެ ތެރޭގައި ބީލަމަށް ލާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީން ބުނިގޮތުގައި ކޮންމެ ފަންގިފިލާއެއްގައި ވެސް ހަރުކުރުމަށް ހަމަޖެހިފައިވަނީ ހަތް ކެމެރާއެވެ. ހިޔާ ފްލެޓްތަކުގަިއ ކެމެރާ ހަރުކުރުމަށް ނިންމާފައިވާއިރު ހިޔާ ފްލެޓްތަކުން ވައްކަން ކުރާ މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެތަނުގައި ވެސް އަދި ފްލެޓް ސަރަހައްދުގައިވެސް ކެމެރާ ނެތުމުން އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފްލެޓްގެ އިންޓީރިއާ މަސައްކަތް ހިނގާ އިރު އެޗްޑީސީން ކަނޑައަޅާފައި ތިބޭ މުވައްޒަފުން ގިނަ ވަގުތު ފްލެޓްތަކުގެ ސަހަރައްދުގައި އުޅުނު ނަމަވެސް އެތަންތަނަށް ގެންދާ އެއްޗެއްސާއި ތަކެއްޗާއި މީހުންގެ ހަރަކާތްތައް ރެކޯޑްކޮށް ބެލޭނެ އިންތިޒާމެއް ނެތެވެ. އަދި އެ ޓަވަރުތަކުގައި ސެކުރިޓީ ކަންކަން އިންތިޒާމް ކޮށްފައެއްވެސް ނެތެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!