ފުވައްމުލަކު ސިޓީ --

ކަރަންޓީންނުވެ ދެވޭ ރަށްތަކުގެ ލިސްޓަށް ފުވައްމުލަކު ސިޓީ އަރައިފި

ކޯވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ނިސްބަތަށް ބަލައި ކަރަންޓީން ނުވެ ދަތުރު ކުރެވޭ ރަށްތަކުގެ ލިސްޓަށް ފުވައްމުލަކު ސިޓީ އިތުރުވެއްޖެއެވެ. އެޗްޕީއޭއިން ދަނީ ވެކްސިން ޖަހާ ނިސްބަތަށް އަންނަ ބަދަލާއި އެކު ޝަރުތުހަމަވަމުންދާ ރަށްތައް އެ ލިސްޓަށް އިތުރު ކުރަމުންނެވެ. އެންމެ ފަހުން އާންމު ކުރި އެ ލިސްޓުގައި 88 ރަށެއް ހިމެނެ އެވެ. އެއީ އިތުރު25 ރަށާއި އެކު އެވެ. މި ލިސްޓުގައި މިއަދު ފުވައްމުލަކު ސިޓީ ހިމެނިފައިވާއިރު އެ ސިޓީއަކީ އަތޮޅުތަކުން ކަރަންޓީން ނުވާގޮތަށް ދަތުރު ކުރެވޭނެ ހަމައެކަނި ސިޓީ އެވެ.

ޚަބަރު ނަގާފައިވަނީ dhuvas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!