ނައިރާ އަދި ކާރްތިކް ގެ ރޯލުން ފެނިގެންދާ ދެ އެކްޓަރުން ކަމަށްވާ ޝިވާންގީ ޖޯޝީ އާއި މުހްސިން ހާން

ކާރްތިކް އާއި ނައިރާ ބެލުންތެރިންނަށް ގެއްލެނީ

ސްޓާ ޕްލަސްގެ ސިލްސިލާ ޑްރާމާ “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” އިން ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ ނައިރާ އަދި ކާރްތިކް ގެ ރޯލުން ފެނިގެންދާ ދެ އެކްޓަރުން ކަމަށްވާ ޝިވާންގީ ޖޯޝީ އާއި މުހްސިން ހާން، އެ ޑްރާމާއާ އަލްވަދާއު ކިޔަން ނިންމައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ދެ އެކްޓަރުން ބައިވެރިވާ އެންމެ ފަހު އެޕިސޯޑް ގެ ޝޫޓިން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހަށެވެ. އަދި މި ދެ ތަރިން ޑްރާމާ ދޫކޮށްލުމަށް ނިންމާފައި ވަނީ ބޮޑެތި ދަރިންގެ މައިންބަފައިންގެ ރޯލު ކުޅެން ޖެހުމާ ގުޅިގެން ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. 2009 ވަނަ އަހަރު ސްޓާ ޕްލަސްއިން ދައްކަން ފެށި މި ޑްރާމާއަށް ބާރަ އަހަރުވެފައި ވާއިރު އެންމެ ފުރަތަމަ ލީޑް ރޯލުން ފެނިގެން ގޮސްފައި ވަނީ ހީނާ ހާން އާއި ކަރަން މެހެރާއެވެ. މި ދެ ތަރިން ކުޅެފައިވާ އަކްޝަރާ އަދި ނޭތިކްގެ ރޯލަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައި ވާއިރު މި ދެތަރިން ވެސް ޑްރާމާ ދޫކޮށްލާފައި ވަނީ ހަމަ ޝިވާންގީ އާއި މުހްސިން ވެސް ޑްރާމާ ދޫކޮށްލުމަށް ނިންމި ސަބަބާ ގުޅިގެން ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ. މި ޑްރާމާ ދޫކޮށްލުމަށް ފަހު ޝިވާންގީ އާއި މުހްސިން ކަލާޒްގެ ރިއަލިޓީ ޝޯ “ބިގް ބޮސް” ގެ 15 ވަނަ ސީޒަނުން ފެނިގެން ގޮސްދާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަންނަ މަހުގެ 2 ވަނަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައި ވާ މި ޝޯގައި ބައިވެރިވާ ހުރިހާ ތަރިން އަދި ޔަގީން ނުވާއިރު އެ ޝޯ ހުށައަޅާ މަޝްހޫރު ފިލްމީ ތަރި ސަލްމާން ހާން ބުނީ މިސީޒަނުގައި، ކުރީގެ ސީޒަނުތަކުގައި ނުފެންނަ އާ ކަންތައްތަކެއް ފެނިގެން ދާނެ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!