ލާންސް ކޯޕްރަލް ސުލްތާން(ވ) ނިޔާވުމާ ގުޅިގެން އެމްއެންޑީއެފްގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި/ ފޮޓޯ: އެމްއެންޑީއެފް

ސުލްތާން ނިޔާވުމާ ގުޅިގެން ސިފައިންގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފި

ޕޫނޭގައި ހުންނަ އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑެމީ (އެންޑީއޭ) ގައި ތަމްރީނުތައް ފުރިހަމަ ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި ކޯޕްރަލް މުހައްމަދު ސުލްތާން ނިޔާވުމާ ގުޅިގެން ސިފައިންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ ސުލްތާން ނިޔާވުމާ ގުޅިގެން އިއްޔެގެ 18:00 އިން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ސިފައިންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާ ކަމަށެވެ. ސުލްތާން ނިޔާވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެއް މިނެޓުގެ ހަމަހިމޭންކަމުގެ ސުކޫތެއް އިއްޔެ ގެނެސްފައެވެ. މިމަހުގެ 25 ގައި މެންދުރުފަހު ތަމްރީނުތައް ހަދަމުން ދިޔަ ވަގުތު ސުލްތާން ވެއްޓުނީ ހޭނެތިގެން ކަމަށާއި، އެ އިދާރާއިން މަސައްކަތް ކުރި ނަމަވެސް، އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށް އިއްޔެ އެންޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެއެވެ. ސުލްތާންގެ ހަށިގަނޑު މިއަދު މެންދުރު 1:00 ހާއިރު މާލެ ގެނެސްފައިވާއިރު އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. 2018 ވަނަ އަހަރުގެ އޭޕްރިލްގައި އެމްއެންޑީއެފާ ގުޅުނު ސުލްތާން، އިންޑިއާގައި ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާޗުން 2024 ވަނަ އަހަރުގެ މާޗްގެ 15 އަށް ޕޫނޭގައި ހުންނަ ޑިފެންސް އެކަޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސާ ކެޑޭޓު ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން އޭނާ މަސައްކަތް ކުރީ އިންޓަގްރޭޓަޑް ހެޑްކުއާޓާސް (ޖޭ-1) ގައެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!